ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ރައީސަށް ޑަބްލިޔުއެޗުއޯގެ ޚާއްސަ އެވޯޑެއް
ޚަބަރު

ރައީސަށް ޑަބްލިޔުއެޗުއޯގެ ޚާއްސަ އެވޯޑެއް

މމުހައްމަދު އަލީ20 މޭ 2025
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޑަބްކިޔުއެޗުއޯގެ ޑިރެކްޓަރ ޖެނެރަލްގެ ޚާއްސަ އެވޯޑު ލިބިވަޑައިގެންފިއެވެ. މިއީ އެމަނިކުފާނު ދުންފަތުން އިސްތިއުމާލު ކުރުން ރާއްޖޭގައި ކޮންޓްރޯލް ކުރެއްވުމަށް އަޅުއްވާފައިވާ ފިޔަވަޅުތައް ފާހަގަ ކުރައްވައި މިއަހަރުގެ ދުންފަތުން އިސްތިއުލާނު ނުކުރާ ދުނިޔޭގެ ދުވަހުގެ މުނާސަބަތުގައި ދެއްވި އެވޯޑެކެވެ. ޑަބްލިޔުއެޗުއޯއިން މިއެވޯޑު ރައީސަށް އެރުވީ މީހުންގެ ސިއްހަތު ސަލާމަތް ކުރުމަށް ދުންފަތް ކޮންޓްރޯލްކޮށް މީހުންގެ ސިއްހަތަށް އިސްކަން ދެއްވުމުންނެވެ. ދުންފަތް ރާއްޖޭގައި ކޮންޓްރޯލްކޮށް އާންމު ސިއްހަތަށް ރައީސް ވަނީ އިސްކަންދެއްވާފައި ކަމަށް ޑަބްލިޔުއެޗުއޯއިން ވަނީ ފާހަގަ ކުރައްވައިފައެވެ. ރައީސް ވަނީ ރާއްޖޭގައި ވޭޕް މަނާކޮށްފައެވެ. އަދި ސިގިރެޓުން ނަގާ ޑިއުޓީ ބޮޑުކޮށް ޖެނެރޭޝަން ބޭން ކޮށްފައެވެ. ރާއްޖެއަކީ ދުންފަތުން އިސްތިއުމާލުކުރާ މީހުން ނިސްބަތުން ގިނަ ގައުމެކެވެ. އެހެންކަމުން ރާއްޖެ ހިމެނިފައިވަނީ މިސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ދުންފަތުން އިސްތިއުމާލުކުރާ މީހުން އެންމެގިނަ ގައުމުތަކުގެ ތެރޭގައެވެ.    

ގުޅުންހުރި ޚަބަރު