ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ނަން ހުށަހެޅުއްވީ ބޭފުޅުންނާ އިންޓަރވިއު ކުރަން ފަށައިފި
ޚަބަރު

ނަން ހުށަހެޅުއްވީ ބޭފުޅުންނާ އިންޓަރވިއު ކުރަން ފަށައިފި

މމުހައްމަދު އަލީ20 މޭ 2025
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ކުރިމަތިލުމުގެ މުއްދަތު މާރިޗު އަށާރައަށް ހަމަވެއްޖެއެވެ. މުއްދަތު ހަމަވިއިރު އެ އިނާމަށް އެދި ނަން ހުށަހަޅާފައިވަނީ 141 ބޭފުޅުން ކަމަށް ގައުމީ އިނާމާބެހޭ ކޮމިޓީން ވަނީ ހަމާކުރައްވައިފައެވެ. އިނާމަށް އެދި ނަން ހުށަހެޅުއްވި ބޭފުޅުން ހުށަހެޅުއްވި ވަޒީފާގެ ލިޔުންތައް ކޮމިޓީން މިހާރުވަނީ ބައްލަވައިފައެވެ. އަދި އޭގެތެރެއިން އިންޓަރވިޔުއަށް ޝަރުޠުހަމަވާ ބޭފުޅުން ވެސް މިހާރުވަނީ ކަނޑައަޅުއްވާފައި ކަމަށް އިނާމާ ބެހޭ ކޮމިޓީން ވަނީ ވިދާޅުވެފައެވެ. މިބޭފުޅުންނާ މިއަދު ވަނީ އިންޓަރވިޔު ކުރައްވަން ވެސް ފަށްޓަވާފައެވެ. މި އިނާމަކީ ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމާއެކު، ޤާބިލްކަމާއި، އިޚްލާޞްތެރިކަމާ އެކުގައި ކޮށްފައިވާ ޚިދުމަތްތަކަށާއި، އެ މުއައްސަސާއަކަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ޤައުމީ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި އިނާމެކެވެ. ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވުމުގެ ޖަލްސާ، މި އަހަރު އޮންނާނީ، މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ޚަބަރު