ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ވިއްސަށް ބޮޑުކޮށް ދުވަހުން ދުވަހަށް ދެވޭތޯ ބަލަނީ
ޚަބަރު

ވިއްސަށް ބޮޑުކޮށް ދުވަހުން ދުވަހަށް ދެވޭތޯ ބަލަނީ

މމުހައްމަދު އަލީ20 މޭ 2025
ރައިސް މަސްވެރިންނަށް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް މަސްކިލޯއެއްގެ އަގު ވިހި ރުފިޔާއަށް ބޮޑުކޮށް ދެއްވާނޭ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މަސްވެރިންނަށް ދެއްވައިފިއެވެ. ރައީސް އޮފީހުގައި ކެޔޮޅުންނާ ބައްދަލު ކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މަސް ގަންނަ އަގު ވިހިރުފިޔާއަށް ބޮކޮށް، ދުވަހުން ދުވަހަށް މަހުގެ އަގު ދިނުމަށް މަސައްކަތްކުރައްވާކަމަށެވެ. އޭގެ އިތުރުން މަސްވެރިކަމުގެ މުޅި ސިނާޢަތް ޑިޖިޓަލައިޒްކުރުމަކީ އަމާޒެއްކަމުގައި ވެސް ވިދާޅުވިއެވެ. މީގެ އިތުރުން ބޭންކު ލޯން މިހާރު ފެށިފައިވާކަމަށާއި، އެކަން އިތުރަށް ފަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގައި ވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އައިސް ޕްލާންޓް އިތުރު ކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންގޮސް އެކަން ފުރިހަމަ ކުރައްވާނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ މަސްވެރިންނަށް ދެއްވައިފައެވެ.

ގުޅުންހުރި ޚަބަރު