ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
މާލޭ ސިޓީކައުންސިލަށް އެއްބާރުލުން ދޭނަން: އެމެރިކާ
ޚަބަރު

މާލޭ ސިޓީކައުންސިލަށް އެއްބާރުލުން ދޭނަން: އެމެރިކާ

މމުހައްމަދު އަލީ21 މޭ 2025
މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާ، އެކިއެކި މަސައްކަތްތަކަށް ދެވެންއޮތް އެއްބާރުލުން ދެއްވާނެ ކަމަށް  އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހިއުގޯ ޔޮން ވިދާޅުވެއްޖެއެވެ. ސަފީރު މިހެން ވިދާޅުވީ މާލެ ސިޓީގެ މޭޔަރ، އާދަމް ޢާޒިމްގެ އަރިހަށް، އަންގާރަ ދުވަހު ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގައެވެ. އަންގާރަ ދުވަހު މާލެ ސިޓީ ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި، އެމެރިކާއިން މާލެ ސިޓީއަށް އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ބެހޭގޮތުން، ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ސިޓީކައުންސިލުން ވިދާޅުވެފައިވެއެވެ. އޭގެ ތެރޭގައި ތަރައްޤީ، ތަޢުލީމު އަދި މުޖުތަމަޢުގެ ބައިވެރިވުން ހިމެނޭ ދާއިރާތަކަށް އިސްކަން ދެއްވާނޭ ކަމަށް ސަފީރު ވިދާޅުވިއެވެ. މި ބައްދަލުވުމުގައި މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، އެމެރިކާއާއި ރާއްޖެއާ ދެމެދު އޮންނަ ދުވަސްވީ ގުޅުމުގެ ސަބަބުން، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ދެ ޤައުމަށް ފާގަތިކަމާއި އެއްބައިވަންތަކަން ގެނެސްދޭނެ ގުޅުމަކަށް ކުރިއަށް އޮތް އަހަރުތަކުގައި ވެގެންދާނޭ ކަމަށެވެ. މާލެ ސިޓީގެ މޭޔަރު ކަމުގެ މަޤާމާ ހަވާލުވެވަޑައިގެން މިވީ މަދު ދުވަސް ކޮޅުގެ ތެރޭ، ސިޓީގެ ކަންކަން ހައްލުކުރުމަކަށް ޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް، އިތުރު ކަންކަން ކުރުމަށް ޕްލޭން ކުރެވިފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.      

ގުޅުންހުރި ޚަބަރު