ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ބާސެލޯ ނަސަންދުރާއެކު މާލެ ސިޓީގެ ނަން އުފުލިގެން ދާނެ: މޭޔަރ ޢާޒިމް
ޚަބަރު

ބާސެލޯ ނަސަންދުރާއެކު މާލެ ސިޓީގެ ނަން އުފުލިގެން ދާނެ: މޭޔަރ ޢާޒިމް

މމުހައްމަދު އަލީ21 މޭ 2025
ބާސެލޯ ނަސަންދުރާއާއެކު، މުނިފޫހިފިލުވުމަށާއި ވިޔަފާރީގެ ބޭނުމަށް ދަތުރުކުރާ ފަތުރުވެރިންނަށް ފެންވަރު ރަނގަޅު މަންޒިލެއްގެ ގޮތުގައި، މާލެ ސިޓީގެ ނަން އުފުލިގެން ދާނެ ކަމަށް، މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ. މޭޔަރ ޢާޒިމް މިފަދައިން ވިދާޅުވީ، މާލޭގެ ހެންވޭރު ކޮޅުގައި ތަރައްގީ ކޮށްފައިވާ، ފަސްތަރީގެ ހިތްގައިމު، ބާސެލޯ ނަސަންދުރާ، ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ފަހު، އެ މަނިކުފާނުގެ އަމިއްލަފުޅު ސޯޝަލް މީޑިއާގެ އެކައުންޓްތަކުގައި ޙިއްޞާ ކުރެއްވި ފޯސްޓެއްގައެވެ. މޭޔަރ ޢާޒިމް ވިދާޅުވީ، ފާހަގަކޮށްލެވޭ މި ތަރައްޤީއަކީ، މާލެ ސިޓީގެ، ބަދަލުވަމުންދާ މަންޒަރުގެ އައު ބާބެއް ކަމަށެވެ. އަދި ބާސެލޯ ނަސަންދުރާއިން، ދުނިޔޭގެ ފެންވަރުގެ މެހެމާންދާރީ ފޯރުކޮށްދީ، ވަޒީފާގެ އައު ފުރުސަތުތައް އުފައްދައި، މާލެ ސިޓީގެ ވިޔަފާރިތަކަށް ކުރިއެރުން ލިބި، މުނިފޫހިފިލުވުމަށާއި ވިޔަފާރީގެ ބޭނުމަށް ދަތުރުކުރާ ފަތުރުވެރިންނަށް، ފެންވަރު ރަނގަޅު މަންޒިލެއްގެ ގޮތުގައި، މާލެ ސިޓީގެ ނަން އުފުލިގެންދާނެ ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވި އެވެ. "މާލެ ސިޓީ ކައުންސިލާއި މާލެ ސިޓީގެ ރައްޔިތުންގެ ފަރާތުން، ބާސެލޯ ނަސަންދުރާ ގްރޫޕަށް އަޅުގަނޑުގެ ހިތުގެ އަޑިން ތަހުނިޔާ ދަންނަވަން. މި ފާހަގަކޮށްލެވޭ ތަރައްޤީއަކީ، މާލެ ސިޓީގެ ބަދަލުވަމުންދާ މަންޒަރުގެ އައު ބާބެއް " މޭޔަރ ޢާޒިމް ވިދާޅުވިއެވެ. މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ، މި ހޮޓަލުން މުޖުތަމަޢަށާއި އިޤްތިޞާދަށް ކުރާނެ ހެޔޮ އަސަރުތަކަށް އިންތިޒާރު ކުރާކަމަށެވެ. ކުރިން ނަސަންދުރަ ޕެލަސް ހޮޓަލުގެ ނަމުގައި ހިންގި ތަނުގައި ހެދި، މި ހޮޓަލުގައި 126 ކޮޓަރި އާއި 118 ސާވިސް އެޕާޓްމަންޓް ހުރެއެވެ. ބާސެލޯ ނަސަންދުރާ ހޮޓަލް ހިންގަނީ، ސްޕެއިންގެ ހޮޓެލް ޗެއިނެއް ކަމަށްވާ ބާސެލޯއިންނެވެ. ޔޫއޭއީއާއި، ތައިލެންޑާއި ޔޫރަޕްގެ ގައުމުތަކުގައި ވެސް، ހޮޓަލުގެ ވިޔަފާރި ހިންގާ ބާސެލޯ ގްރޫޕުން ރާއްޖޭގައި ހިންގާ، މިއީ ދެވަނަ ތަނެވެ. އެ ގްރޫޕުން ހިންގާ ރިސޯޓެއް އދ. އަތޮޅުގައި އޮވެއެވެ. އެއީ ބާސެލޯ ވޭލް ލެގޫން މޯލްޑިވްސްއެވެ. -ޚަބަރާއި ފޮޓޯ މާލޭސިޓީކައުންސިލް  

ގުޅުންހުރި ޚަބަރު