ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ޑިންގީއެއްގައި ލޯންޗެއްޖެހި މީހަކަށް ބޮޑުއަނިޔާއެއް
ޚަބަރު

ޑިންގީއެއްގައި ލޯންޗެއްޖެހި މީހަކަށް ބޮޑުއަނިޔާއެއް

މމުހައްމަދު އަލީ21 މޭ 2025
ޅ. ގާއެރި ފަޅުކައިރީ ފީނަން ނުކުމެ އުޅުނު ބައެއްތިބި ޑިންގީއެއްގައި ލޯންޗެއްޖެހި އެކްސިޑެންޓުވެއްޖެއެވެ. ފުލުހުން ވިދާޅުވީ މިމައްސަލަ ރޭ 12:33 އެހައިކަންހާއިރު ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި ޑިންގީގައި ތިބި ފަސްމީހުންނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އޭގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެހެންނަމަވެސް އަނިޔާގެ ތަފްސީލެއް ނުދެއްވައެވެ. އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ޅ. އަތޮޅު ހޮސްޕިޓަލުގައި ދަނީ ފަރުވާމުންނެވެ. އަނިޔާވެފައިވަނީދިވެހި ފަސް ފިރިހެނަކަށެވެ. މި އެކްސިޑެންޓުގައި ހިމެނޭ ޑިންގީވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.  މިމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު