ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ލޯންޗެއްގެ ބުރަފަތިން ޖެހި މީހެއްގެ އަތްބުރިވެއްޖެ
ޚަބަރު

ލޯންޗެއްގެ ބުރަފަތިން ޖެހި މީހެއްގެ އަތްބުރިވެއްޖެ

މމުހައްމަދު އަލީ21 މޭ 2025
ނ. އަތޮޅުގައި ހިންގާ ސިޔާމް ވޯލްޑް ރިސޯޓުގެ ނެރުފައިކަށި ކައިރީ ފީނަން އޮތް ބިދޭސީއެއްގެ ގައިމަތިން ލޯންޗެއް ގޮސް އެމީހާގެ އެއް އަތްބުރިވެއްޖެއެވެ. އެ މީހާގެ އަތް ބުރިވެފައިވަނީ އުޅަބޮށްޓާ ހިސާބުން ކަމަށް އެނގިފައިވެއެވެ. މިހާދިސާ ހިނގީ އެރަށަށް ވަންނަން އައި ލޯންޗެއްގެ ބުރަފަތިން ޖެހިފައެވެ. އެމީހާގެ އެއް އަތްބުރިވުމުގެ އިތުރުން ބޮޑެތި ހާނިއްކަވެސް ވަނީ އެމީހާއަށް ވެފައެވެ. އޭގެތެރޭގައި ދެ ފައި ބިންދައިގެން ދިއުމާއި، ހަށިގަނޑުގެ އެކިތަންތަން ޒަޚަމްވެފައިވުން ހިމެނެއެވެ. މިކަމާ ގުޅިގެން ފުލުހުން ވިދާޅުވެފައިވަނީ މި މައްސަލައިގެ ތަހުގީގުގައި އެ ލޯންޗުގެ ކެޕްޓަން ހިމެނޭހެން ގިނަ އަދަދެއްގެ މީހުންނާ ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ. އެހެންނަމަވެސް މިހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ފިޔަވަޅެއް އަޅާފައި ނުވާކަމަށް ބިދޭސީ މީހާގެ ބެލެނިވެރި ފަރާތުންވަނީ ބުނެފައެވެ. މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތާއި ހެއްކަށް ބަލައި މިހާތަނަށް އަދި ފިޔަވަޅެއް އަޅަފައިނުވިނަމަވެސް ތަހުގީގައި ފުރިހަމަ ކުރަންޖެހޭ ބައެއްކަންކަން ފުރިހަމަކުރުމަށް ފަހު ފިޔަވަޅުއަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނޭ ކަމަށެވެ. މައްސަލައާ ގުޅިގެން ހާދިސާ ހިނގި ސަރަހައްދު ދެފަހަރެއްގެ މަތީން ބަލައި ފާސްކޮށްފައިވޭ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އެހެންނަމަވެސް އަނިޔާ ލިބުނު މީހާގެ ބުރިވި އަތް ފެނިފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ މިމަހު ބާރަ ވަނަދުވަހުއެވެ. އަނިޔާ ލިބުނު މީހާއަށް މިހާރު ފަރުވާ ދެމުން ގެންދަނީ އޭޑީކޭ ހޮސްޕިޓަލުގެ އައީސީޔޫގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ގުޅުންހުރި ޚަބަރު