ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ބޮޑު ކްރެޑިޓެއް ލިބޭ ތިން ޕްރޮމޯޝަނެއް އެސްޓީއޯއިން ފަށައިފި
ޚަބަރު

ބޮޑު ކްރެޑިޓެއް ލިބޭ ތިން ޕްރޮމޯޝަނެއް އެސްޓީއޯއިން ފަށައިފި

މމުހައްމަދު އަލީ22 މޭ 2025
އިނާމަކަށް ބޮޑު ކްރެޑިޓެއް ލިބޭ ތިން ޕްރޮމޯޝަނެއް އެސްޓީއޯގެ ޖެނެރަލް ޓްރޭޑިންގ ފަރާތުން މިއަދު ފަށައިފިއެވެ. އެއީ ރެސްޓޯރަންޓް، ކެފޭ ތަކަށާ، ކްރެޑިޓް އޮފާސް ތަކަކާއި އަދި އެޕާރޓްމަން ތަކަށް ބަދަލުވާ ފަރާތްތަކަށް ހާއްސަ ކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަންތަކެއް ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ. ރެސްޓޯރަންޓް ކެފޭ ތަކަށް ޚާއްސަ ޕްރޮމޯޝަނުގައި ވަނީ ޚާއްސަ އަގުތަކެއް ވަނީ ކަނޑައަޅައިފައެވެ. މި ޕްރޮމޯޝަނުގައި 3 މަސް ދުވަހުގެ ތެރޭގައި އެންމެ ގިނައިން ވިޔަފާރި ކުރާ 10 ފަރާތުގެ ތެރެއިން 1 ވަނަ އިނާމަކަށް 150،000 ރުފިޔާގެ ކްރެޑިޓް ލިބޭނެއެވެ. 2 ވަނަ އިނާމަކަށް 100،000 ރުފިޔާ ފެ ކްރެޑިޓް ލިބޭނެއެވެ. 3 ވަނަ އިނާމަކަށް 75،000 ރުފިޔާގެ ކްރެޑިޓް ލިބޭނެއެވެ. ބާކީ 7 ފަރާތަށް 50،000 ރުފިޔާގެ ކްރެޑިޓް ފެސިލިޓީ އެއް ދޭގޮތަށް ވަނީ ހަމަޖެހިފައި ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ހޯލްސޭލް ސެންޓަތުން ކުރާ ވިޔަފާރިތަކަށެވެ. ރެސްޓޯރަންޓް އަދި ކެފޭ ހިންގާ ފަރާތްތަކުން މި ޕްރޮމޯޝަން އަށް ހާއްސަ ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފިލް ކުރެއްވުމަށްފަހު ހުށައެޅުމުން 3 މަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަން ގައި ބައިވެރިވެވުނީއެވެ. ހޯލްސޭލް ކަސްޓަމަރުންނަށް ހާއްސަ އޮފަރ މި އޮފަރ ނުވަތަ ޕްރޮމޯ ހާއްސް ކުރެވެނީ ހޯލްސޭލް ވިޔަފާރިތަކަށެވެ. މި އޮފާ ގެތެރޭގައި ޖެނެރަލް ޓްރޭޑިންގ އިން ފަސޭ ކްރެޑިޓް ފެސިލިޓީ އަދި އެޖެންޓަކަށް ވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. މި އޮފަރ ކުރިއަށް ދާނީ 3 މަސް ދުވަހުގެ ނިޔަލަށެވެ. އޭގެ އިތުރުން މި  3 މަސް ދުވަހުގެތެރޭ މި އޮފަރ ގެ ތެރެއިން ކްރެޑިޓަށް މުދާ ނަންގަވައިގެން އަދި އެޖެންޓު ގޮތުގައި ވިޔަފާރި ކުރައްވައިގެން ގުރުއަތުން ހޮވޭ 3 ފަރާތަކަށް 1 ވަނަ އިނާމަކަށް 100،000 ރުފިޔާގެ ކްރެޑިޓް 2 ވަނަ އިނާމަކަށް 75،000 ރުފިޔާ ފެ ކްރެޑިޓް 3 ވަނަ އިނާމަކަށް 50،000 ރުފިޔާގެ ކްރެޑިޓް ފެސިލިޓީ ހަމަޖެހިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ހޯލްސޭލް ސެންޓަތުން ކުރައްވާ ވިޔަފާރިތަކަށް ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. އެޕާޓުމަންޓް އޮފަރ މި އޮފަރ ހާއްސަ ކުރެވިފައިވަނީ ހުޅުމާލެ އަދި މާލޭގައި ހަދަމުންދާ އެޕާރޓުމަންޓު ތަކަށް ބަދަލުވާ ފަރާތްތަކަށެވެ. މި އޮފަރގައި ހިމެނޭނީ އެސްޓީއޯ ޖެނެރަލް ޓްރޭޑިންގ އިން ވިއްކާ ހޯމް އެޕްލަޔަންސް ގެ ބާވަތްތަކެވެ. 15،000-25،000 ދެމެދު ވިޔަފާރި ކުރައވާ ފަރާތްތަކަށް %12 ޑިސްކައުންޓު، 25،000-35،000 ދެމެދު ވިޔަފާރި ކުރައްވާ ފަރާތަތަކަށް 15% ޑިސްކައަުންޓު 35،000 ރުފިޔާ އިން މަތިން ވިޔަފާރި ކުރައްވާފަރާތްތަކަށް %18 ޑިސްކައުންޓު ލިބިގެންދާނެއެވެ. އަދި ހިޓާޗީ އެއަރކޮނޑިޝަނަރ އިން %2.5 ގެ ޑިސްކަންޓު ލިބިގެންދާނެއެވެ. ތަކެތި ބައްލަވައިގަންނަން ވަޑައިގަންނަވާއިރު އެޕާޓުމަންޓު ލިބުނު ކަމުގެ ލިޔުން ގެންނަންވާނެއެވެ. މި އޮފަރ 2025 ވަނަ އަހަރު ނިމެންދެން ކުރިއަށް ގެންދާނެ ކަމަށް އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން މައުލޫމާތުދެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިންނެވެ.

ގުޅުންހުރި ޚަބަރު