ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ބީއެމްއެލްގެ ޖަމާއަތުގެ ފައިދާގެ މަސައްކަތުން
ޚަބަރު

ބީއެމްއެލްގެ ޖަމާއަތުގެ ފައިދާގެ މަސައްކަތުން

އއިބްރާހީމްް ސަމީރު22 މޭ 2025
ބީއެމްއެލްއިން ވަނީ މޯލްޑިވްސް އެކްސްޕޯ 2025 ގެ މައި ސްޕޮންސަރަކަށްވެސް ވެފައެވެ. މިއީ ދިވެހި ޘަޤާފަތާއި، އައު އީޖާދުތަކާއި، ވިޔަފާރިވެރިކަމާއި، އުފެއްދުންތެރި ހުނަރުވެރިކަން ދައްކުވައިދޭ ޤައުމީ ފެންވަރުގެ މުހިންމު ހަރަކާތެކެވެ. ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ އިންވެސްޓްމަންޓްގެ އެހީތެރިކަމާއެކު، ޔުނިޓީ ސްޕޯޓްސް އެކަޑަމީން މީޑިއާ އަދި ގޭމް ލެބެއް ހުޅުވައިފިއެވެ. މިއީ ށ. ފުނަދޫގައި ހަރަކާތްތެރިވާ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމްޢިއްޔާއެއް ކަމަށްވާ ޔުނިޓީ ސްޕޯޓްސް އެކަޑަމީން ފުނަދޫ ސްކޫލުގައި ހުޅުވި ތަނެކެވެ. މި އިސްނެގުމުގެ މަގްސަދަކީ، ދަރިވަރުންގެ މެދުގައި އުފެއްދުންތެރިކަމާއި އުނގެނުމަށާއި އީޖާދީ ފިކުރަށް ޝައުޤުވެރިކަން އިތުރުކުރުމެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޭންކް ފަންޑުން ފަންޑުކޮށްފައިވާ މި ލެބުގައި ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީއަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި، އިންޓަރެކްޓިވް ދަސްކުރުން އިތުރުކުރުމަށް ފަރުމާކުރެވިފައިވާ ބޯޑު ގޭމްތަކަށް ޚާއްޞަ ޖާގައެއް ހިމަނާފައި ވެއެވެ. މިއީ ޑިޖިޓަލް އާޓްސް އަދި އެކުގައި ކުރެވޭ ހަރަކާތްތަކަށް ހޭލުންތެރިކޮށް މައުލޫމާތު ދިނުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީ ދަރިވަރުން ބާރުވެރިކުރުމަށާއި ޓީމުވޯކު އިތުރު ކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ. މިކަމުގެ ސަބަބުން ރަށުގެ ދަރިވަރުންނަށް ހެޔޮ ގޮތުގައި އުނގެނުމުގެ މާޙައުލެއް ޤާއިމުކޮށްދެވޭނެއެވެ. މިފަދަ ހަރަކާތްތަކަށް އިސްކަން ދީގެން ބީއެމްއެލްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖަމާޢަތުގެ ތަރައްޤީއަށް މަސައްކަތްތައް ކުރެއެވެ. 1982 ގައި ބީއެމްއެލް އުފެދުނީއްސުރެ ޤައުމުގެ މާލީ ދާއިރާގެ މައި ތަނބު ކަމުގައިވާ މި ބޭންކުން ތަޢުލީމީ އަދި ޘަޤާފީ މަޝްރޫޢުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފާހަގަ ކުރެވެއެވެ.

ގުޅުންހުރި ޚަބަރު