ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ރައުދު ދޫކޮށްލުމަށްފަހު އަނެއްކާ ހައްޔަރު ކޮށްފި
ޚަބަރު

ރައުދު ދޫކޮށްލުމަށްފަހު އަނެއްކާ ހައްޔަރު ކޮށްފި

މމުހައްމަދު އަލީ23 މޭ 2025
ދެހާސް ފަންސަވީސް ވަނަ އަހަރު އެޕްރީލްމަހު އަށާރަ ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައިވާ ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލް ބަންދުން ދޫކޮށްލުމަށްފަހު މާގިނައިރެއް ނުވެ އަނެއްކާވެސް ހައްޔަރު ކޮށްފިއެވެ. ފުލުހުން ވިދާޅުވީ އޭނާ ދޫކޮށްލީ ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތަކެއް ހުރުމުން ކަމަށެވެ. އެހެންނަމަވެސް އެކަން ހަމަޖެއްސުމަށްފަހު ކޯޓުގެ އައު އަމުރެއްގެ ދަށުން މިއަދު ވަނީ އަލުން ހައްޔަރުކޮށްފައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުލުހުން އޭނާ ދޫކޮށްލީ ހަތަރުވަނަ ފަހަރަށް އޭނާގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީފައި ވަނިކޮށްނެވެ. ހަތަރުވަނަ ފަހަރަށް އޭނާގެ ބަންދު ކުރުމަށް އަމުރުކޮށްފައިވަނީ ވިހި ދުވަހަށެވެ.  

ގުޅުންހުރި ޚަބަރު