ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ފަނޑިޔާރުންގެ އަމަލުތަކަށް ޒިންމާ ކުރެވޭނެ: އުމަރު
ޚަބަރު

ފަނޑިޔާރުންގެ އަމަލުތަކަށް ޒިންމާ ކުރެވޭނެ: އުމަރު

މމުހައްމަދު އަލީ23 މޭ 2025
ސަރުކާރުތަކާ ޑީލް ހަދައިގެން ފަޑިޔާރު ކަމުގެ މަގާމްތަކުގެ ކުރިއެރުން ހޯދި ފަރާތްތައް އެމީހުންގެ އަމަލު ތަކުގެ މައްޗަށް އިންސާފު ކުރެވޭނޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން ސަރުކާރުތަކާ ޑީލް ނުހަދައިގެން ފަޑިޔާރުކަން ގެއްލުނު މީހުންގެ އަމަލުތަކަށް ވެސް އިންސާފު ކުރެވޭނޭ ކަމަށް އުމަރު ވިދާޅުވިއެވެ. "ސަރުކާރުތަކާ ޑީލް ހަދައިގެން ފަނޑިޔާރު ކަމުގެ މަގާމްތަކުގެ ކުރިއެރުން ހޯދިފަރާތްތަކާއި، ސަރުކާރުތަކާ ޑީލް ނުހަދައިގެން ފަޑިޔާރުކަން ގެއްލުނު މީހުނާ، މި އެންމެނަށް، އެމީހުންގެ އަމަލު ތަކުގެ މައްޗަށް އިންސާފު ކުރެވޭނެ،" އުމަރު ވިދާޅުވިއެވެ. އުމަރު އެވިދާޅުވި އިންސާފެއް ކުރެވެނީ އޭނާގެ ވެރިކަމެއްގައިތޯ ނުވަތަ ނޫންތޯ ވިދާޅެއް ނުވެއެވެ. އަދި އިންސާފު ކުރާނީ ކިހިނެއް ކޮންގޮތަކުން ކަމެއް ވެސް ވިދާޅުވެފައި ނުވެއެވެ. މިދުވަސްވަރަކީ ފަނޑިޔާރުގެއަށް ސަރުކާރުން ނުފޫޒު ފޯރުވައި ފަނޑިޔާރުން ވަކިކުރަމުންދާ ކަމުގެ އަޑުތައް އާންމުވެފައިވާ ދުވަސްވަރެއް ވެސް މެއެވެ.

ގުޅުންހުރި ޚަބަރު