ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ރިކަރަންޓް ހަރަދުގެ ގޮތުގައި 11.8 ބިލިއަން ރުފިޔާ
ޚަބަރު

ރިކަރަންޓް ހަރަދުގެ ގޮތުގައި 11.8 ބިލިއަން ރުފިޔާ

އއިބްރާހީމްް ސަމީރު24 މޭ 2025
މި އަހަރު ދައުލަތުގެ ހަރަދުން ކުރި މިންވަރު މިދިޔަ އަހަރަށްވުރެ 20.3 އިންސައްތަ ދަށަށް ގޮސް، ރިކަރަންޓް ހަރަދުގެ މިންވަރުވެސް މިދިޔަ އަހަރާ އަޅާބަލާއިރު 4.5 އިންސައްތަ ދަށަށް ގޮސްފި އެވެ. ދައުލަތުގެ ބަޖެޓުން މި މަހުގެ 15 ގެ ނިޔަލަށް ރިކަރަންޓް ހަރަދުގެ ގޮތުގައި 11.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރު ރިކަރަންޓް ހަރަދުގެ ގޮތުގައި ރެކޯޑްކޮށްފައިވާ މިންވަރަށްވުރެ 4.5 އިންސައްތަ ދަށް އަދަދެކެވެ. ރިކަރަންޓް ހަރަދުގެ ތެރެއިން 4.8 ބިލިޔަން ރުފިޔާ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް އަދި ޕެންޝަނަށް ހަރަދުކުރި އިރު، އިދާރީ ހިންގުމުގެ ހަރަދަށް 7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުން ދައްކާ ގޮތުގައި މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ހަރަދު ހުރީ 12.9 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ހަރަދު ހުރީ 16.2 ބިލިއަން ރުފިޔާ އެވެ. މީގެއިތުރުން ރިޕޯޓުގައި ދައްކާގޮތުގައި ސަރުކާރުންދޭ އެހީއާއި، އިޝްތިރާކާއި، ސަބްސިޑީޒްއަށް މި އަހަރު ކޮށްފައިވާ ހަރަދުވެސް މިވަނީ ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 4.9 ޕަސެންޓް ދަށްވެފަ އެވެ. އޭގެތެރެއިން ސަރުކާރުންދޭ އެހީއާއި، އިޝްތިރާކާއި، ސަބްސިޑީޒްއަށް މި އަހަރު ޖުމްލަ ހަރަދުގެ ގޮތުގައި ހޭދަކޮށްފައިވާ 35.6 އިންސައްތަ އަކީ އާސަންދަ ފިޔަވައި ދައުލަތުން ފޯރުކޮށްދޭ އެހެނިހެން ސަބްސިޑީތަކަށް ކޮށްފައިވާ ހަރަދެވެ. އެގޮތުން މި އަހަރު ސަބްސިޑީތަކަށް ދައުލަތުގެ ބަޖެޓުން 1.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރު މި މުއްދަތުގެ ތެރޭގައި މިފަދަ ސަބްސިޑީތަކަށް ހޭދަކޮށްފައިވާ މިންވަރަށްވުރެ 23.7 ޕަސެންޓް ދަށް އަދަދެއްކަމަށްވެސް ރިޕޯޓުން ދައްކަ އެވެ. އާސަންދަ ފިޔަވައި އެހެނިހެން ސަބްސިޑީތަކަށް ދައުލަތުގެ ބަޖެޓުންކޮށްފައިވާ ހޭދަ ދަށް ނަމަވެސް، މި އަހަރު އާސަންދައަށް ހަރަދުވެފައިވާ މިންވަރު މިދިޔަ އަހަރާ އަޅާބަލާއިރު 24.0 ޕަސެންޓް އިތުރުވެފައިވެ އެވެ. އެގޮތުން، މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުން 829.4 މިލިއަން ރުފިޔާ އާސަންދައަށް ހޭދަކޮށްފައިވެ އެވެ.

ގުޅުންހުރި ޚަބަރު