ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
އުފެއްދުންތެރިކަމުގެ މައުރަޒު ޢިފްތިތާޙްކޮށް ދެއްވައިފި
ޚަބަރު

އުފެއްދުންތެރިކަމުގެ މައުރަޒު ޢިފްތިތާޙްކޮށް ދެއްވައިފި

މމުހައްމަދު އަލީ24 މޭ 2025
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ރައީސްގެ ދެކަނބަލުން ރޭ އިފްތިތާހު ކޮށްދެއްވައިފިއެވެ. ހުޅުމާލޭ ސެންޓްރަލް ޕާރކުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި މައުރަޒު ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވަނީ މައުރަޒުގެ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައިފައެވެ. އަދި އެ ސްޓޯލްތަކުގައި ކުރިއަށްދާ ކަންކަން ބައްލަވާލެއްވިއެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު2025 އަކީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަޤްޞަދުގައި، ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ބާއްވާ މައުރަޒެކެވެ. ދިވެހި ޘަޤާފީ އުފެއްދުންތެރިކަމުގެ އިތުރުން ދިވެހީންގެ އުފެއްދުންތެރިކަމާއި ހުނަރު ދައްކާލުމުގެ އިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބައިވެރިވުންވެސް މައުރަޒުން ފެނިގެންދެއެވެ. މި މައުރަޒު ބާއްވަން ފެށީ ޒަމާންތަކަކަށް މެދުކެނޑުމަށްފަހުގައެވެ. މައުރަޒުގެ އުފެއްދުންތައް ދައްކާލުމަށް ކަނޑައަޅާފައިވާ ޚާއްސަ ސަރަޙައްދުގެ އިތުރުން، ހުނަރުވެރިކަމާއި ފަންނުވެރިކަން އަދި އުފެއްދުންތެރިކަމުގެ ތަފާތު ތަޖުރިބާތަކެއް ކުރުމުގެ ފުރުޞަތު މި މައުރަޒުން އާންމުންނަށް ލިބިގެންދާނެއެވެ. މި މައުރަޒުގައި އެކިދާއިރާތަކުން ޖުމްލަ 383 ފަރާތަކުން ބައިވެރިވިއެވެ. އެންމެ ގިނައިން ތަކެތި ބައިވެރިކޮށްފައިވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. މި މައުރަޒު ބަލާލުމުގެ ފުރަތު ކޮންމެ ދުވަހަކު ހަވީރު 16:00 އިން ރޭގަނޑު 11:00 އާ ހަމައަށް އޮންނާނެއެވެ. މި މައުރަޒު ކުރިއަށް ދާނީ މި މަހު 23 އިން 31 ގެ ނިޔަލަށެވެ. މައުރަޒު ކުރިއަށްދަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.  

ގުޅުންހުރި ޚަބަރު