ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
އުރުދުންގެ މިނިވަންދުވަހުގެ ތަހުނިޔާ ރައީސް ފޮނުވައިފި
ޚަބަރު

އުރުދުންގެ މިނިވަންދުވަހުގެ ތަހުނިޔާ ރައީސް ފޮނުވައިފި

ހިރި ނިއުސްހިރި ނިއުސް26 މޭ 2025
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އުރުދުންގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރަސްގެފާނު ޢަބްދުالله ދެވަނަ އިބްނު އަލް ޙުސައިންއަށާއި، ބޮޑުވަޒީރު އަދި މިނިސްޓަރ އޮފް ޑިފެންސް، ޑޮކްޓަރ ޖައުފަރު ޙަސަންއަށް، ތަހުނިޔާ ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓުގައިވެސް ތަހުނިޔާގެ މެސެޖެއް ޙިއްޞާކުރައްވައިފައެވެ. އުރުދުންގެ ރަސްގެފާނާއި ބޮޑުވަޒީރަށް ވަކިވަކީން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުތަކުގައި، އެޤައުމުގެ މިނިވަންދުވަހުގެ ތަހުނިޔާ، އެ މަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައާއި، އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިޚުލާސްތެރިކަމާއެކު އުރުދުންގެ ރަސްގެފާނާއި ބޮޑުވަޒީރާއި ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވާފައިވެއެވެ. ‎ ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދެޤައުމުގެ މެދުގައި އޮތް އަޚްވަންތަކަމުގެ ގުޅުން ފާހަގަކުރައްވައި، ކުރިއަށް އޮތް އަހަރުތަކުގައި ދެޤައުމުގެ ރައްޔިތުންނަށް އެންމެ ފައިދާކުރަނިވި ގޮތެއްގައި މި ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުތައް ނިންމަވާލައްވާފައި ވަނީ އުރުދުންގެ ރަސްގެފާނާއި ބޮޑުވަޒީރަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އެޤައުމަށާއި އެޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ. -ޚަބަރާއި ފޮޓޯ: ރައީސް އޮފީސް    

ގުޅުންހުރި ޚަބަރު