ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
މަސްތުވާ ތަކެއްޗާއެކު ވެލިދޫން ދެ މީހަކު ހައްޔަރުކޮށްފި
ޚަބަރު

މަސްތުވާ ތަކެއްޗާއެކު ވެލިދޫން ދެ މީހަކު ހައްޔަރުކޮށްފި

މމުހައްމަދު އަލީ26 މޭ 2025
ނ. ވެލިދޫގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރަމުންދިޔަ ދެ މީހަކު ހައްޔަރު ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ މި ދެމީހުން ހައްޔަރުކޮށްފައިވަނީ  ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ދެގެއެއް ބަލައި ފާސްކުރުމަށްފަހު ކަމަށެވެ. މި އޮޕަރޭޝަން ހިނގާފައިވަނީ މެއި މަހު 23 ވަނަ ދުވަހުއެވެ. އެ ދެ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި، އޭގެ ވަގުތީ ބަރުދަނަކީ 7.7 ގުރާމު ހުރިކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ / ފެނޭބާ، އިބްރާހީމް ޙަސަން (31އ) އާއި ނ. ވެލިދޫ / ސަނީސައިޑް، އަޙްމަދު ފަޟީލް (39އ) އެވެ. މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް ކޯޓުންވަނީ އަމުރުކޮށްފައިވެއެވެ. މި މައްސަލަ ވެލިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.  

ގުޅުންހުރި ޚަބަރު