ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ޕީޖީއާއި ރަޝިޔާ ކޮންސުލް ޖެނެރަލް
ޚަބަރު

ޕީޖީއާއި ރަޝިޔާ ކޮންސުލް ޖެނެރަލް

އއިބްރާހީމްް ސަމީރު28 މޭ 2025
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި އަލްއުސްތާޛު ޢައްބާސް ޝަރީފާއި ރަޝިޔާގެ ކޮންސުލް ޖެނެރަލް އެލެކްސީ އިޑަމްކިން، ބައްދަލު ކުރައްވައި، ދެ ޤައުމުގެ މެދުގައި ޤާނޫނީ ދާއިރާގައި އެއްބާރުލުން އިތުރުކުރުމާ މެދު މަޝްވަރާ ކުރައްވައިފިއެވެ. "އަޅުގަނޑުމެން އެލެކްސީ އިޑަމްކިންއަށް ޝުކުރު ދަންނަވަން. ފައިދާހުރި މަޝްވަރާތަކަށްޓަކައި،" ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވެއެވެ. "ޤާނޫނީ އަދި ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތްތަކުގައި ކުރިއަށް އޮތްތަނުގައި އެއްބާރުލުން އިތުރުކުރުމަށް މަގުފަހިވުމަކީ އަޅުގަނޑުމެންނަށް އެދޭ ވަރަށް މުހިންމު ކަމެއް" އިތުރަށް ބުނެފައި ވެއެވެ. މި ބައްދަލުވުމުގައި ދެ ފަރާތުން ވަނީ ޤާނޫނީ ދާއިރާގައި ގުޅުން ބަދަހިކުރުމާއި، ޤާބިލުކަން އިތުރުކުރުމާއި އަދި ގުޅުންހުރި އެހެނިހެން ދާއިރާތަކުން އެއްބާރުލުން ބަދަހި ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުމަކީ މާނަހުރި، ފައިދާ ކުރަނިވި ބައްދަލުވުމެއް ކަމަށް ދެ ފަރާތުންވެސް ވަނީ ފާހަގަކުރައްވާފައެވެ. މި ބައްދަލުވުމަކީ ޑިޕްލޮމެޓިކް ގުޅުން ވަރުގަދަވަމުން އަންނަކަން ދައްކުވައިދޭ ކަމެކެވެ.

ގުޅުންހުރި ޚަބަރު