ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ބަނގުރާގެ ވިޔަފާރިކުރާ އިންޑިއާގެ ތިން މީހަކު ޑީޕޯޓު ކުރަން ނިންމައިފި
ޚަބަރު

ބަނގުރާގެ ވިޔަފާރިކުރާ އިންޑިއާގެ ތިން މީހަކު ޑީޕޯޓު ކުރަން ނިންމައިފި

މމުހައްމަދު އަލީ28 މޭ 2025
ބަނގުރާގެ ވިޔަފާރިކުރާ އިންޑިއާގެ ތިން މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ވިދާޅުވީ މިއީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި ތިން މީހުން ކަމަށެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން ހަތާވީސް އަހަރުގެ ސަހަޔާ އަޖިން ފްރެންޗިސް އާއި، އުމުރުން ބާވަންނަ އަހަރުގެ ކަރުއްޕިއަހް ސުއްބައި އާއި، އުމުރުން ނަވާޅީ އަސް އަހަރުގެ ސައުތަރާ ރަޖަން އަނަންޗާ ޕެރުމަލް ކަމަށް ފުލުހުން ވިދާޅުވިއެވެ. ބަނގުރާ ގެންގުޅެ، ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، މި އޮޕަރޭޝަން ހިންގާފައިވަނީ މެއި މަހުގެ 26 ވަނަ ދުވަހު  އެވެ. މި އޮޕަރޭޝަނުގައި އެ ތިން މީހުން ހައްޔަރު ކޮށްފައިވަނީ މާލޭ މަގުމަތިންނެވެ. ތިން މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު ތިން ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 500އެމްއެލްގެ 30 ފުޅިއާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 5 ލީޓަރުގެ ތިން ފުޅިވެސް ފެނިފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުން ޑީޕޯޓުކުރުމަށް މިހާރުވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.  

ގުޅުންހުރި ޚަބަރު