ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ދުފުމަށް ބޭނުންކުރާ ބާވަތްތައް މާލެ ސިޓީ ކައުންސިލުން ބޭނުން ނުކުރަން ނިންމައިފި
ޚަބަރު

ދުފުމަށް ބޭނުންކުރާ ބާވަތްތައް މާލެ ސިޓީ ކައުންސިލުން ބޭނުން ނުކުރަން ނިންމައިފި

މމުހައްމަދު އަލީ28 މޭ 2025
ދުފުމަށް ބޭނުން ކުރާ އެއްވެސް ބާވަތެއް މާލެ ސިޓީ ކައުންސިލްގެ ހަފްލާތަކުގައި ބޭނުން ނުކުރަން ނިންމައިފިއެވެ. ކައުންސިލުން މި ގޮތަށް ނިންމީ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ހުށަހެޅުމަކާ ގުޅިގެން، ބުދަ ދުވަހު ބޭއްވި، އާންމު ޖަލްސާގައި ކުރެވުނު މަޝްވަރާއަށް ފަހު ކަމަށް ސިޓީކައުންސިލުން ވިދާޅުވިއެވެ. މާލެ ސިޓީ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާ އެއްވެސް ހަފުލާއެއްގައި ދުފުމަށް ބޭނުން ކުރާ އެއްވެސް ބާވަތެއް ބޭނުން ނުކުރާނެ ކަމަށެވެ. މި ކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން، މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު ވިދާޅުވީ "އިންސާނުންގެ ޞިއްޙަތަށް ބަލާއިރު ދުފުމަކީ ވެސް ގެއްލުން ހުރި ކަމެއް ކަމަށާއި ދުނިޔޭގެ ޞިއްޙީ މާހިރުން ދެއްވާ ލަފަޔާއި އިރުޝާދުގެ މަތިން، އެންމެންގެ ރައްކަލަކަށް ޓަކައި، ދުފުމަށް ބޭނުން ކުރާ އެއްވެސް ބާވަތެއް ކައުންސިލްގެ ހަފްލާތަކުގައި ބޭނުން ނުކުރުމަށް ތާއީދު" ކަމަށެވެ. ޑެޕިއުޓީ މޭޔަރ މުހައްމަދު އަރީޝްގެ އިތުރުން މި އަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލްގެ ގިނަ މެމްބަރުން ވަނީ މި ކަމަށް ތާއީދު ކުރައްވާފައި ކަމަށް ސިޓީކައުންސިލުން ވިދާޅުވިއެވެ. އާސަންދައިން ޝާއިޢުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ކެންސަރު ބައްޔަކީ އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން އެންމެ ގިނައިން ބޭސްފަރުވާގެ ޚިދުމަތް ހޯދާ ބަލިކަން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ކެންސަރަކީ ޞިއްޙީ ގޮތުން ކުރިމަތިވާ މައްސަލަތަކުގެ އިތުރުން، އިޤުތިޞާދީގޮތުން ވެސް ގިނަ ފައިސާތަކެއް ޚަރަދުކުރަން ޖެހޭ ކަމަކަށް ވާތީ މި ކަން ހުއްޓުވުމަށް އެންމެން ވެސް މަސައްކަތް ކުރަން ޖެހޭނޭ ކަމަށް ސިޓީކައުންސިލުން ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު