ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ކުޑަކުރަން އަންގައިފި
ޚަބަރު

ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ކުޑަކުރަން އަންގައިފި

ހިރި ނިއުސްހިރި ނިއުސް31 މޭ 2025
ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓްތައް، 1 ޖޫން 2025 އިން ފެށިގެން ކުޑަކޮށްދެއްވަން، ކަމާބެހޭ ފަރާތްތަކުގައި ރައިސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ދަންނަވައިފިއެވެ. ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓްތައް، ކުޑަކޮށްދެއްވައި، އެ ކަން ތަންފީޒުކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް، ކަމާބެހޭ ފަރާތްތަކުން ކުރައްވަންޖެހޭ އެންމެހައި ކަންކަން ކުރެއްވުމަށް ދަންނަވާފައިވާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވީ، އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓްގައި މިރޭ ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނުގެ މި ދެންނެވުމާއި ގުޅިގެން، ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓްތައް ކުޑަ ކުރައްވަން ހުށަހެޅުއްވި ގޮތް ވެސް، މި ޕޯސްޓްގައި އެމަނިކުފާނު ވަނީ ތަފްޞީލުކޮށް ދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ކަރަންޓް ބިލުތަކުން ރައްޔިތުންނަށް ލުއި ދެއްވުމަށް ސަރުކާރުން ވަނީ، ރިޔާސީ ދައުރުގައި މި ފާއިތުވި 2 ރަމަޟާން މަހުވެސް، ޑިސްކައުންޓު ދެއްވައި، ވަކި މިންވަރެއް މަޢާފްވެސް ކޮށްދެއްވާފައެވެ. ޢާއްމު ރައްޔިތުންގެ މާލީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ތެރެއިން، ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭބިސީތަކުގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ މަޢާފުކޮށް ދެއްވާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. މިއަހަރުގެ ރޯދަމަހުގެ ކަރަންޓު ބިލްތަކަށް ދެއްވި ޑިސްކައުންޓުގެ އިތުރުން، އެއާއި ވިދިގެން އައި މަހު (އޭޕްރީލް 2025) ގައި ވެސް، ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވެފައި ވާތީ، ގޭބިސީތަކުގެ ކަރަންޓު ބިލްތަކަށް ބޮޑު ލުޔެއް ސަރުކާރުން ދެއްވިއެވެ. ޚަބާރާއި ފޮޓޯ: ރައީސް އޮފީސް

ގުޅުންހުރި ޚަބަރު