ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
މައުރަޒުގައި ބާރަށް ލަވަ ޖަހާތީ އާންމުންނަށް އުނދަގޫވަނީ
ޚަބަރު

މައުރަޒުގައި ބާރަށް ލަވަ ޖަހާތީ އާންމުންނަށް އުނދަގޫވަނީ

މމުހައްމަދު އަލީ1 ޖޫން 2025
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ ދިވެހިންގެ އުފެއްދުންތެރި ކަމުގެ މައުރަޒުގައި އަޑުގަދަކޮށް ލަވަޖަހަމުން ގެންދާތީ ބައެއް މީހުން ޝަކުރާވާ ކުރަން ފަށައިފިއެވެ. އެކަމުގެ ޝަކުވާ އާންމުކުރަނީ އެސަރަހައްދުގައި ދިރިއުޅެމުންދާ މީހުންނެވެ. "އަހަންނަކީ ޕައިލެޓެއް. މިރޭ ފަތިހު ހަތަރެއް ޖަހާއިރު ފުރަންޖެހޭ. ހެނދުނު ހައެއް ޖަހާއިރު ދަރިފުޅު ސްކޫލަށް ދާންޖެހޭ. އެކަމަކު އަދިވެސް ނުނިދޭ އަޑުގަދަކުރާވަރުން،" އޭނާ ބުންޏެވެ. އޭނާ ބުނިގޮތުގައި ލަވަޖެހުމަކުން މައްސަލައެއް ނެތެވެ. މިހާރު ދިހަ ދުވަހަށް މި މައުރަޒު ކުރިއަށް ގެންދާއިރު ރޭގަނޑު ދިހައެއް ނުވަތަ ދިހަގަޑިބައިވީމާ އަޑުމަޑުކޮށް ލަވަޖެހުމަކުން އެހެން މީހުންނަށް އުނދަގުލެއް ނުވާނޭ ކަމަށް އޭނާ ބުންޏެވެ. "މިއީ މީހުން ދިރިއުޅޭ ސަރަހައްދެއްގައި ބާއްވާ މައުރަޒެއް. މިކަންކަމަށް ވިސްނުންވަރަށް ރަނގަޅު. ޕޮލިހަށް ވެސް ގުޅިން މިކަމާހެދި. އެކަމަކު އަދި ނަތީޖާއެއް ނުފެނޭ،" އޭނާ ބުންޏެވެ. އެސަރަހައްދުގައި އުޅޭ އެހެން މީހަކު ބުނީ މި ދުވަސްވަރަކީ އޯލެވެލް ފެށިގެން ކުރިއަށްދާ ދުވަސްވަރު ކަމަށް ވުމުން ކުދިންނަށް ދަސް ކުރަން ވެސް ބައެއް ފަހަރު ދަތިވާ ކަމަށެވެ. އޭނާވެސް ބުނީ ރޭގަނޑު ދިހައެއް ޖެހުމުން އަޑުމަޑުކޮށް ލަވަޖެހިދާނޭ ކަމަށެވެ. މިފަދަ ކަންކަން ބާއްވާއރު އެހެން މީހުންނާމެދުވެސް ވިސްނުން ރަނގަޅު ކަމަށް އޭނާ ބުންޏެވެ. މިރެއަކީ މައުރަޒުގެ އެންމެފަހުރެއެވެ.

ގުޅުންހުރި ޚަބަރު