ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
މާލެއާއި ހުޅުމާލެއިން ކަރަންޓު ދިޔަ މައްސަލަ ބަލަން ރައީސް އަންގަވައިފި
ޚަބަރު

މާލެއާއި ހުޅުމާލެއިން ކަރަންޓު ދިޔަ މައްސަލަ ބަލަން ރައީސް އަންގަވައިފި

މމުހައްމަދު އަލީ1 ޖޫން 2025
މާލެއާއި، ހުޅުމާލެއާއި ހުޅުލެ އިން މިއަދު ކަރަންޓު ދިޔަ މައްސަލަ ބަލަން ކަމާ ބެހޭ ފަރާތްތަކަށް އަންގަވައިފި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވެފައިވަނީ މިފަދަ ކަމެއް ތަކުރާރު ނުވާނޭ ގޮތަށް ހުރިހާކަމެއް އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާކަމެއް ސަރުކާރުން ކުރާނޭ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ. "މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވައިފިން. އަދި މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވެފައިވެއެވެ. ރައީސްގެ މިއެންގެވުމަށް އިޖާބަ ދެއްވައި ދިވެހި ފުލުހުންގެ ޚިދުމަތުންވަނީ މިމައްސަލަ ތަހުގީގު ކުރަން ފަށައިފައެވެ. "ގްރޭޓަރ މާލެ ސަރަހައްދުން ކަރަންޓް ކެނޑިފައިވާ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެކަން ހިނގި ގޮތް ބެލުމަށް ހާއްސަ ތަހުގީގެއް ފަށައިފައެވެ" ފުލުހުން ވިދާޅުވިއެވެ. ސްޓެލްކޯއިން ވިދާޅުވެފައިވަނީ މާލޭއާއި ހުޅުމާލޭގެ ޖަނަރޭޓަރުތައް މިހާރުވަނީ ޖައްސަން ފަށައިފައި ކަމަށެވެ. ކްރިޓިކަލް ތަންތަނުގެ ގޮތުގައި ބެލެވޭ އައިޖީއެމް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލަށް މިހާރު ވަނީ ކަރަންޓު ދެވިފައިކަމަށް ވެސް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން މާލެ އާއި ހުޅުމާލޭގެ އެހެން ސަރަހައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ. މިއަދު ކަރަންޓު ދިއުމުގެ ސަބަބުން ސްކޫލްތަކުގެ މެންދުރު ކިޔެވުން ވަނީ ބަންދުކޮށް ކުދިން ގެއަށް ފޮނުވާލާފައެވެ.

ގުޅުންހުރި ޚަބަރު