ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ވެރިންނަށް އަޟުޙާ ޢީދުގެ ތަހުނިޔާ ފޮނުއްވައިފި
ޚަބަރު

ވެރިންނަށް އަޟުޙާ ޢީދުގެ ތަހުނިޔާ ފޮނުއްވައިފި

އއިބްރާހީމްް ސަމީރު6 ޖޫން 2025
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، 1446 ވަނަ އަހަރުގެ އަޟުޙާ ޢީދުގެ މުނާސަބަތުގައި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ސަރުކާރުތަކާއި އަދި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވައިފިއެވެ. އަޟުޙާ ޢީދުގެ ރޫޙުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މި އުފާވެރި މުނާސަބަތަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންގެ މެދުގައި ޝުކުރުވެރިކަމާއި އެއްބައިވަންތަކަމާއި އޯގާތެރިކަމަށް ހިތްވަރު ލިބިގެންދާނެ ވަގުތެއް ކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރާ ހުރިހާ ޙައްޖުވެރިންނަށް މަބްރޫރް ޙައްޖަކަށް އެދިވަޑައިގެން ސަލާމަތާއި ރައްކާތެރިކަން އެދިވަޑައިގެން، އިލާހީ ދަރުމަ ދެއްވުން އެދިވަޑައިގެން ދުޢާކުރައްވާފައެވެ. އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ވަކިވަކީން ފޮނުއްވި ތަހުނިޔާގެ މެސެޖުތައް ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނަށް ދުޅަހެޔޮ ޞިއްޙަތާއި، އިތުރު ފަހި ފުރުޞަތުތަކާއި ތަނަވަސްކަމާއި އުފާވެރިކަމާއި ކާމިޔާބީގެ މަތިވެރި ނިޢުމަތް، މާތް الله މިންވަރުކުރެއްވުން އެދިވަޑައިގެން ދުޢާކުރައްވާފައެވެ.

ގުޅުންހުރި ޚަބަރު