ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ޔުމްނު ވެއްޓުނު މައްސަލައިގެ ރިޕޯޓު އާންމުކޮށްފި
ޚަބަރު

ޔުމްނު ވެއްޓުނު މައްސަލައިގެ ރިޕޯޓު އާންމުކޮށްފި

ހިރި ނިއުސްހިރި ނިއުސް18 ޖޫން 2025
‎2025 އޭޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި ތަޙުޤީޤުކުރުމަށް އުފެއްދެވި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަނުގެ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުގައި ޢާންމު ކުރައްވައިފިއެވެ. މި ރިޕޯޓް ޢާންމުކުރެއްވީ، ކޮމިޝަނުގެ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންނެވި ގޮތަށް ޢާންމު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެންނެވެ. ‎2025 އެޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާގޮތް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ތަޙުޤީޤުކޮށް، ލަފާ ދިނުމަށްޓަކައި ޚާއްޞަ ކޮމިޝަނެއް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ 2025 އެޕްރީލް 27 ގައެވެ. ‎މި ކޮމިޝަނާއި މަތިކުރެއްވި މަސައްކަތް ފުރިހަމަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ރިޕޯޓު ހުށަހެޅުއްވީ، ކޮމިޝަން އުފެއްދެވިތާ 52 ދުވަހުގެ ތެރޭއެވެ. މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިފަދަ ކޮމިޝަނެއްގެ މަސައްކަތް ނިންމަވައި، ރިޕޯޓް ހުށަހެޅުއްވި މިއީ ފުރަތަމަ ފަހަރެވެ.
  • ޚަބަަރު: ރައީސް އޮފިސް

ގުޅުންހުރި ޚަބަރު