ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ރައީސްގެ އަނބިކަނބަލުން ޔޫއޭއީއަށް
ޚަބަރު

ރައީސްގެ އަނބިކަނބަލުން ޔޫއޭއީއަށް

ހިރި ނިއުސްހިރި ނިއުސް18 ޖޫން 2025
މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމް.އެފް.އެފް.އެލް.އައި) ގެ 7 ވަނަ ސަމިޓު ޝަރަފުވެރިކޮށްދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ޔުނައިޓަޑް ޢެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ ދުބާއީއަށް މިއަދު ފުރާވަޑައިގެންފިއެވެ. މި ހިނގާ ޖޫންމަހުގެ 18 އިން 19 އަށް ކުރިއަށްދާ މި ސަމިޓުގެ އިފްތިތާޙީ ސެޝަން އަދި ކޮމިޓީ ބައްދަލުވުމުގައި އެކަމަނާ ބައިވެރިވެވަޑައިގެން، ވާހަކަފުޅުދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގައި މަޝްވަރާތައް ބިނާކުރުމަށް ހަމަޖެހިފައިވަނީ، ދަރިމައިވުމުގެ ސިއްޙަތާ ގުޅުންހުރި ތަޢައްޞަބުތައް ނައްތާލުމާއި، އަންހެންކުދީންނަށް ތަޢުލީމުދިނުމަށް އެއްބާރުލުންދިނުމާއި، އަންހެނުން ބާރުވެރިކުރުމާއި، ޞިއްޙީ ދާއިރާގެ މާހިރުން ލިބުމުގައި ހުރި ދަތިކަން ފޫބެއްދުމަށްޓަކައި، އެ ދާއިރާއިން ޤާބިލުކަން އިތުރުކުރުމުގެ މައްޗަށެވެ. އެފްރިކާ އަދި އޭޝިޔާގެ ޤައުމުތަކުގެ ފަސްޓް ލޭޑީން ބައިވެރިވެވަޑައިގަންނަވާ މި ސަމިޓުގައި، މިދިޔަ އަހަރު ޓެންޒޭނިޔާގައި ބޭއްވި މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީ 2024 ގެ 11 ވަނަ އަހަރީ ކޮންފަރެންސަށް ފަހު ލިބިފައިވާ ކުރިއެރުންތަކާއި ކުރެވުނު މަސައްކަތްތައްވެސް، ސަމިޓުގެ ބައިވެރިން މުރާޖަޢާކުރައްވާނެއެވެ. މިދިޔަ އަހަރުގެ ލުމިނަރީގެ ކާމިޔާބު މަޝްވަރާތަކަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ވަނީ، މެރކް ފައުންޑޭޝަންގެ "މޯ ދެން އަ މަދަރ" ޕްރޮގްރާމުގެ އެންބެސެޑަރުކަން ދެއްވާފައެވެ. އެކަމަނާ ގެންދަވަނީ، ދަރިމައިވުމުގެ ސިއްޙަތާއި އެމްބްރިއޮލޮޖީގެ ދާއިރާއަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، ޞިއްޙީ ދާއިރާގެ މާހިރުން ލިބުމުގައި ހުރި ދަތިކަން ފޫބެއްދުމަށްޓަކައި، އެ ދާއިރާއިން ޤާބިލުކަން އިތުރުކުރުމަށްޓަކައި މެރކް ފައުންޑޭޝަނާއެކު ވަރަށް ގާތުން މަސައްކަތްޕުޅު ކުރައްވަމުންނެވެ. މީގެ އިތުރުން، ހަކުރުބައްޔާއި ލޭމައްޗައް ދިއުމުން ރައްކާތެރިވުމާއި، ދަރިމައިވުމުގެ ސިއްޙަތާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށްވެސް، މެރކް ފައުންޑޭޝަނާއެކު އެކަމަނާ ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. -ޚަބަރާއި ފޮޓޯ: ރައީސް އޮފީސް

ގުޅުންހުރި ޚަބަރު