ދިވެހި|English 9 ޖުލައި 2026 · 02:25
Top banner
Advertisement
ޤުރުއާނާއި ޙަދީސުގެ އަލީގައި އީރާން
ދީން

ޤުރުއާނާއި ޙަދީސުގެ އަލީގައި އީރާން

އއިބްރާހީމްް ސަމީރު19 ޖޫން 2025
ޤުރުއާނާއި ޙަދީސުގެ އަލީގައި އީރާން ޙުސައިން ރަޝީދު އަހުމަދު
އަޅުގަނޑު އީރާން ދެކެ ލޯބިވެ ސަޕޯޓުކުރާ ތަފާތު ސަބަބުތައް އެބަހުއްޓެވެ. އެއީ : 1- އެތާގެ ރައްޔިތުންގެ 99% އަކީ މުސްލިމުން ކަމުގައި ވާތީއެވެ. 2- އެމީހުންގެ ތައުރީފުގައި ކީރިތި ރަސޫލާ صلعمގެ މިޙަދީސު ބަސްފުޅު އައިސްފައިވާތީއެވެ. وَالَّذِي نَفْسِي بِيَدِهِ لَوْ كَانَ الْإِيمَانُ مَنُوطًا بِالثُّرَيَّا لَتَنَاوَلَهُ رِجَالٌ مِنْ فَارِسَ (މާނައީ ﷲ ގަންދީ ވިދާޅުވަމެވެ. ޢިލްމާއި އީމާންކަން އަސްމާނީ ތަރިތަކުގައި އެލުވިފައި ހުއްޓަސް ފާރިސް ކަރައިގެ (އީރާނު) މީހުން އެކަންކަން ޙާޞިލުކުރާނެއެވެ.) [މިއީ ބުޚާރީއާއި މުސްލިމާއި ތިރްމިޛީއާއި އަޙްމަދު ރިވާ ކުރެއްވި ޙަދސެކެވެ.] 3- އެމީހުން ސިފަ ބަޔާންކުރަށްވައި ކީރިތި ﷲ މޫރިތި ޤުރުއާނުގެ ޖުމުޢަ ސޫރަތުގެ 3 ވަނަ އާޔަތުގައި މިފަދައިން ވަޙީ ކުރަށްވާފައި ވާތީއެވެ. وَآخَرِينَ مِنْهُمْ لَمَّا يَلْحَقُوا بِهِمْ ۚ وَهُوَ الْعَزِيزُ الْحَكِيمُ (އަދި ތަޢުލީމާއި ޙިކުމަތާއިގެން ﷲ އެކަލާނގެ ރަސޫލާ ފޮނުއްވީ އެއުރެންގެ ތެރެއިން އެހެން ބަޔެއްގެ ގާތަށްވެސްމެއެވެ. އެއުރެންނީ، އެމީހުންގެ ތެރެއަށް އަދި ނާންނަ ބަޔެކެވެ. އަދި އެކަލާނގެއީ، عزيز ވަންތަ حكيم ވަންތަ ރަސް ކަލާނގެއެވެ.) [މިއާޔަތް ބާވައިލެއްވުމުން ކީރިތި ރަސޫލާ ސަލްމާން ފާރިސީގެ ފައިންޕުޅުގައި އަތްޕުޅު ބީއްސަވާފައި ވިދާޅުވީ އެއީ މީނާގެ ޤައުމުން އަންނާނެ މީހުންނެވެ.] 4- އިސްލާމީ ބޮޑު ޙަޟާރަތެއް އޮތް ތަނަކަށް ވާތީއެވެ. 5- އެތާނގެ ބިމުން ދީނުގެ އެކި ފަންނު ތަކުގެ ބޮޑެތި ޢިލްމުވެރިން އުފަންކުރި ތަނަކަށް ވާތީއެވެ 6- އަޅުވެތިކަމެއް ނެތް މުސްލިމުންގެ ބާރުވެރި ވެރިކަމެއް ހިންގާ ތަނަކަށްވާތީއެވެ. 7- ދިވެހި ރާއްޖެއަށް އިސްލާމްދީން ފޯރުވި ސަބަބަކަށް އެތަންވާތީއެވެ 8- ދިވެހި ބަސް ފާރިސީ ބަހާ އިންތިހާއަށް ގުޅިފައިވާ ބަހެއްގެ ބިމަށް ވާތީއެވެ. 9- ޢަދާވާތްތެރި ޔަހޫދީންނާއި ރައުސްމާލީންނަށް ބޯނުލަބާ ބަޔަކު ކަމުގައި ވާތީއެވެ. 10- އީރާނުގައި އިސްލާމީ ޙަޟާރަތުގެ ބޮޑެތި ބޮޑެތި އާސާރުތައް ހުންނަތަނަކަށް ވާތީއެވެ މިކަންކަމާހުރެ އަޅުގަނޑު އީރާނަށް ސަޕޯޓު ކުރަނީއެވެ. ހަސަދަވެރިން ކިތަންމެ ރުޅިއަޔަސް މަޖޫސިންނޭ ކިޔަސް ﷲގެ ކަލާމްފުޅާއި ކީރިތި ރަސޫލާގެ ޙަދީސު ބަސްފުޅެއް ދޮގުނުކުރެވޭނެއެވެ.

ގުޅުންހުރި ޚަބަރު