ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ރައްޔިތުންގެ އިތުބާރު ލިބޭނީ ދެ ފުށްފެންނަ ގޮތަށް މަސައްކަތް ކޮށްގެން: މޭޔަރ
ޚަބަރު

ރައްޔިތުންގެ އިތުބާރު ލިބޭނީ ދެ ފުށްފެންނަ ގޮތަށް މަސައްކަތް ކޮށްގެން: މޭޔަރ

މމުހައްމަދު އަލީ25 ޖޫން 2025
މާލެ ސިޓީ ކައުންސިލާ މެދު، ރައްޔިތުންގެ އިތުބާރު ބޮޑުކުރުމަށް ޓަކައި، މިހާރު ކުރަންޖެހޭ އެންމެ މުހިންމު އެއް މަސައްކަތަކީ، ދެ ފުށްފެންނަ ގޮތަށް މަސައްކަތްތައް ކުރުން ކަމަށް، މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ. މޭޔަރ މިހެން ވިދާޅުވީ ވިސްޓްލްބްލޮވިންގް އަށް، މާލެ ސިޓީ ކައުންސިލްގެ އިސްވެރިންނާއި މުވައްޒަފުން އަހުލުވެރި ކުރުމަށް އަންގާރަ ދުވަހުގެ ރޭ ކައުންސިލްގެ، ބޮޑުތަކުރުފާނުމަގުގައި ހުންނަ އޮފީހުގައި ކުރިއަށް ދިޔަ ސެޝަނަށް ފަހު ދެއްކެވި ވާހަކަ ފުޅުގައެވެ. މާލެ ސިޓީ ކައުންސިލްގެ އަމާޒަކީ، ދެ ފުށްފެންނަ، ރައްޔިތުން އެންމެ އިތުބާރުކުރާ ރާއްޖޭގެ އެންމެ ނަމޫނާ ކައުންސިލަށް މާލެ ސިޓީ ކައުންސިލް ހެދުންކަމަށް މޭޔަރ ވިދާޅުވިއެވެ. މޭޔަރ ޢާޒިމް ވިދާޅުވީ، ވިސްޓްލްބްލޯ ކުރުމަކީ ކޮބައިކަން، ކައުންސިލްގެ މުވައްޒަފުންނަށް މިހާރު އެނގިފައިވުމުން، ކައުންސިލްގެ އެއްވެސް ކަމެއް ގޯސްކޮށް ހިނގާނަމަ، އެ ކަން ރަނގަޅު ކުރުމަށް މަސައްކަތް ކޮށްދެއްވުމަށާއި، ގޯސްކޮށް ކަމެއް ހިނގާނަމަ ލަސްނުކޮށް އެ ކަން ރިޕޯޓް ކުރެއްވުމަށް މޭޔަރ އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން މޭޔަރ ވިދާޅުވީ، ރައްޔިތުންގެ އިތުބާރު ހޯދައި، އެ އިތުބާރު ދެމެހެއްޓުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ރާއްޖޭގެ މުހިއްމު އިދާރާ ތަކުގެ އިތުބާރު، ރައްޔިތުންގެ ކުރިމަތީގައި ގެއްލިފައިވުމެވެ. އެހެންކަމުން ޢާއްމު ރައްޔިތުންނާއި އިދާރަތަކުގެ މުވައްޒަފުން ވެސް، މައްސަލައެއް ހުށަހަޅައިފި ނަމަ، އެ މައްސަލަ، އިންސާފުވެރިކަމާއެކު ބަލައި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދެވެން ޖެހޭ ކަމަށެވެ. މި ގޮތަށް ޢަމަލުކުރަން ފެށުމުން، ދިވެހިރާއްޖޭގެ އިދާރާ ތަކަށް ރައްޔިތުންގެ އިތުބާރު ބޮޑުވެގެންދާނެ ކަމަށް، މޭޔަރ ޢާޒިމް ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު