ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މީހަކު ހައްޔަރު ކޮށްފި
ޚަބަރު

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މީހަކު ހައްޔަރު ކޮށްފި

މމުހައްމަދު އަލީ26 ޖޫން 2025
ފުލުހެއްގެ ގައިގައި ސަކަލަކުން ޖެއްސި މީހަކު މިރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އެ ސައިކަލު ދުއްވި، މާލެ، މ. ބަހާރުވިލާ، ޔޫނުސް ޚަލީލް ޢަބްދުﷲ (18 އަހަރު) ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ މިހާދިސާ ހިނގީ މިރޭ 20:20 އެހައިކަންހާއިރު، ހުޅުމާލޭ، ޖަވާހިރުމާ ހިނގުމުގައި ފުލުހުން ވެހިކަލް ޗެކް ޕޮއިންޓް ޖަހައިގެން ބަލައި ފާސް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. އެމަސައްކަތް ކުރަމުންދަނިކޮށް ޖަވާހިރުމާ ހިނގުމުން އިރަށް ދުއްވާފައި ދިޔަ ސައިކަލެއް ހުއްޓަން އެންގެވުމުން މަޑު ނުކޮށް ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް އޭނާ ދުއްވާފައިވާ ކަމަށެވެ. ފުލުސް މީހާގެ ގައިގައި ސައިކަލުން ޖެއްސީ އެބާރު މިނުގައި ދުއްވާފައި ގޮސް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ސައިކަލުން އެމީގެ ގައިގައި ޖެއްސުމުގެ ސަބަބުން ފުލުސް އޮފިސަރަށް އަނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ޔޫނުސް ޚަލީލް ޢަބްދުﷲ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ވެސް ނޯންކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ޚަބަރު