ދިވެހި|English 9 ޖުލައި 2026 · 04:28
Top banner
Advertisement
ރ. އަތޮޅުގައި ފެރީގެ ޚިދުމަތް ފަށައިފިން: ރައީސް
ޚަބަރު

ރ. އަތޮޅުގައި ފެރީގެ ޚިދުމަތް ފަށައިފިން: ރައީސް

މމުހައްމަދު އަލީ26 ޖޫން 2025
މިއަހަރުގެ ޖޫން މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި ފެރީ ޚިދުމަތް ފެށުމަށް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް މިއަދު އެއަތޮޅުގައި ފެރީގެ ޚުދުމަތް ފަށްޓަވައިފި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. "އަޅުގަނޑު ވީ ވަޢުދާ އެއްގޮތަށް މިއަދު ރ. އަތޮޅު ފެރީ ޚިދުމަތް ވަނީ ފަށާފައި. މި ޚިދުމަތް ފެށުމުގެ މުނާސަބަތުގައި ރ އަތޮޅުގެ އެންމެހާ ރައްޔިތުންނަށް މަރުހަބާ ދަންނަވަން،" ރައީސް ވިދާޅުވެފައިވެއެވެ. އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ ޖުލައި ނިމުމުގެ ކުރިން ބ. އަތޮޅުގައި ފެރީ ގެ ޚިދުމަތް ފަށްޓަވާނޭ ކަމަށެވެ. އެއީވެސް އެމަނިކުފާނުގެ ވައުދެކެވެ. "އެކަމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ދަނީ ކުރިޔަށް. އަދި ދެން ހުރިހާ އަތޮޅެއްގައި މިއަހަރު ނިމުމުގެ ކުރިން ފެރީ ޚިދުމަތް ފަށާނެ ކަމަށް ވީ ވަޢުދުވެސް ފުދިގެންދާނެ. އެކަމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ދަނީ ކުރިޔަށް، ރައީސް ވިދާޅުވެފައިވެއެވެ. އެމްޓީސީސީން ވިދާޅުވީ ރ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީ ޚިދުމަތް ފެށުމުން އެއަތޮޅުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބގެންދާނޭ ކަމަށެވެ. އަދި ރައްޔިތުން ރަށު ބަންދުން ވީއްލި ދަތުރުފަތުރުގެ އިންޤިލާބީ އާ ބާބެއް ފެށޭނޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ. މިއަދުން ފެށިގެން ޖުލައި ދޭއްގެ ނިޔަލަށް އެއް ހަފުތާގެ މުއްދަތަށް ފެރީ ދަތުރުތައް ކަސްޓަމަރުންނަށް ކޮށްދިނުމަށް ހަމަޖެހިފައިވަނީ މުޅިން ހިލޭ ކަމަށްވެސް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ޚަބަރު