ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
މިގައުމަށް ހެވެއް ހޯދައިދެވޭނީ އެމްޑީޕީއަށް: ރައީސް ސާލިހު
ޚަބަރު

މިގައުމަށް ހެވެއް ހޯދައިދެވޭނީ އެމްޑީޕީއަށް: ރައީސް ސާލިހު

މމުހައްމަދު އަލީ27 ޖޫން 2025
ދިވެހިރާއްޖެއަށާއި ރައްޔިތުންނަށް އަބަދުވެސް ހެވެއް ހޯދައިދެވޭނީ އެމްޑީޕީއަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ވިހިވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ދެއްވި ކުރު މެސެޖެއްގައިވިދާޅުވީ އެމްޑީޕީ އުފެދިގެން އައީ ރާއްޖޭގައި އޮތް އަނިޔާވެރިކަން ނައްތާލަން ކަމަށެވެ. އޭގެ ބަދަލުގައި "އިސްލާމީ ސައްހަ އަގީދާގެ މަތީގައި ފުރިހަމަ ޒަމާނީ ޑިމޮކްރަސީއެއް ގާއިމް ކުރުމަށް. ފަރުދީ ހައްގުތައް ކަށަވަރު ކުރުމަށް. ސަރުކާރަކީ ރައްޔިތުންނަށް ޚިދުމަތްކުރަން އޮތް ރައްޔިތުން އިންތިޚާބުކުރާ ސަރުކާރަކަށް ހެދުމަށް،" ކަމަށެވެ. އެމްޑީޕީއާއި ޕާޓީގެ މެންބަރުން އަބަދުވެސް ހަނދާން ކުރަންޖެހޭނޭ ކަންތައްތަކަކީ މިއީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޕާޓީ އަދާ ހަމައަށް އައިރު އިސްވެ ދެންނެވުނު މަގުސަދުތަކުގެ ތެރެއިން ގިނަކަންކަން ހާސިލް ކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިކަންތައް ހަނދާން ނައްތާނުލާ ކުރިއަރުވަން ޖެހޭނޭ ކަމަށްވެސް ވިދާޅުވިއެވެ. އަންނަންއޮތް ޖީލުތަކަށް މިގައުމު ރައްކާތެރިކަމާއި އަމާންކަމާއެކު ފޯރުކޮށްދިނުމަކީ އެމްޑީޕީގެ އަމާޒެއް ކަމަށް އަބަދުވެސް ހަދަންވާނޭ ކަމަށް ވެސް ވިދާޅުވިއެވެ. "އަޅުގަޑު ތިޔަ ހުރިހާ ބޭފުޅުންގެ އަރިހުން މިއަދު ވެސް މިއެދެނީ އަޅުގަނޑު މިދެންނެވި އެމްޑީޕީގެ މައިގަނޑު އަސާސްތަކުގެ މަތީގައި ހިފަހައްޓައި މިޕާޓީއާއެކު ކުރިއަށް ވަޑައިގަތުމަށް. މިގައުމަށް ރަނގަޅު ހެވެއް ހޯދައިދެވޭނީ އެމްޑީޕީއަށް. އެކަން އަބަދުވެސް އަޅުގަނޑުމެންގެ ހިތުގައި ބާއްވަން ވާނެ،" ރައީސް ސާލިހު ވިދާޅުވިއެވެ.    

ގުޅުންހުރި ޚަބަރު