ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ދުޅަހެޔޮ، މުޖުތަމައެއް ބިނާކުރަން މަސައްކަތް ކުރާނަން: ރައީސް
ޚަބަރު

ދުޅަހެޔޮ، މުޖުތަމައެއް ބިނާކުރަން މަސައްކަތް ކުރާނަން: ރައީސް

ހިރި ނިއުސްހިރި ނިއުސް27 ޖޫން 2025
ދުޅަހެޔޮ، ރައްކާތެރި މުޖުތަމަޢުއެއް ބިނާކުރުމުގައި ސަރުކާރުން ގަދައަޅާ މަސައްކަތްކުރައްވާނޭ ކަމަށާއި މިއަމާޒަށް ވާސިލުވުމުގައި ބައިނަލްއަޤްވާމީ ގޮތުން އަޅާ ފިޔަވަޅުތަކަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެއްވާނޭކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ބައިނަލްއަގުވާމީ މަސައްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ އަމިއްލަފުޅު "އެކްސް" އެކައުންޓްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިމައްސަލައަކީ ބައިނަލްއަޤްވާމީ ފެންވަރެއްގައި ގުޅިގެން އެކަމަށް ހައްލު ހޯދަންޖެހޭ މައްސަލަައެއް ކަމަށެވެ. މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ރާއްޖޭގައި ގިނަ ފިޔަވަޅުތަކެއް މިހާތަނަށް އެޅިފައިވާކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، ޤާނޫނީ ރައްކާތެރިކަން ލިބޭގޮތަށް، ޤާނޫނީ ފިޔަވަޅުތަކާއެކު، ފަރުވާ ދިނުމާއި އަދި މުޖުތަމަޢަށް އަނބުރާ ގެނައުން ހިމެނޭ ގޮތަށް، ޤައުމީ އޮނިގަނޑެއް އެކުލަވާލެވި، ތަންފީޒުކުރެވެމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާކަމަކީ ފަރުވާދީގެން، އަލުން އަނބުރާ މުޖުތަމަޢަށް އެފަދަ ފަރާތްތައް ގެނައުންކަމަށާއި، އެކަމަށްޓަކައި ނ.ވެލިދޫ، ކ.ކާށިދޫ، އަދި، ލ.ގަމުގައި ރީހެބިލިޓޭޝަން ސެންޓަރުތައް ޤާއިމްކުރެވިފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މިފަދަ ފަރާތްތަކުން ފަރުވާ ފުރިހަމަކުރުމަށްފަހު، އަލުން މުޖުތަމަޢަށް އެނބުރި އައިސް، ވަޒީފާގެ މާހައުލަށް ނުކުމެ، އަލުން މަސްތުވާތަކެއްޗަށް އަނބުރާ ނުދިޔުމަށް ދޭންޖެހޭ ފަރުވާ އާއި އަޅާލުން ދިނުމުގައި ދައުލަތުން ބުރަ މަސައްކަތްތަކެއް ކުރާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވާފައިވެއެވެ.
  • ޚަބަރާއި ފޮޓޯ: ރައީސް އޮފީސް

ގުޅުންހުރި ޚަބަރު