ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ހިޖުރީ އައު އަހަރުގެ ތަހުނިޔާ ފޮނުއްވައިފި
ޚަބަރު

ހިޖުރީ އައު އަހަރުގެ ތަހުނިޔާ ފޮނުއްވައިފި

ހިރި ނިއުސްހިރި ނިއުސް27 ޖޫން 2025
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ. މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުތަކުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ކުރިއަށް މިއޮތް އަހަރަކީ ސުލްހަވެރި އަދި ފާގަތި އަހަރަކަށް ވުމަށް އެދިވަޑައިގެން، މާތްﷲގެ ރަޙުމަތާއި ތެދުމަގު، އެންމެހައި މުސްލިމް ޤައުމުތަކަށް ދެއްކެވުން އެދިވަޑައިގެން ދުޢާ ކުރައްވާފައިވެއެވެ. އެ މަނިކުފާނުގެ މި މެސެޖުތަކުގައިވެސް، ފަލަސްޠީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަވުމަށް ގޮވާލައްވައި، ހުޅަނގު އައްސޭރިއާއި ޣައްޒާގައި ފަލަސްޠީނަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް އޯގާތެރިކަމާއި، ޢަޒުމާއެކު މުސްލިމް ދުނިޔެ ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި ފަލަސްޠީނުގެ މިނިވަން އަދި އިސްތިޤްލާލީ ދަޢުލަތެއް ޤާއިމުކުރެވި، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ހެދުމަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ. އެ މަނިކުފާނުގެ މެސެޖްތައް ނިންމަވާލައްވަމުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ނިކަމެތި މުސްލިމް މުޖުތަމަޢުތަކަށް ސުލްޙަމަސަލަސްކަމާއި އިންސާފާއި އެހީތެރިކަން ލިބުމަށް އެދިވަޑައިގެން، މި އަހަރަކީ އެއްބައިވަންތަކަމާއި ސާބިތުކަމުގައި ކުރިއަށް ދެވޭނެ އަހަރެއްގެ ގޮތުގައި ލެއްވުމަށް އެދިވަޑައިގެން ދުޢާ ދަންނަވާފައިވެއެވެ. ޚަބަރާއި ފޯޓޯ: ރަައީސް އޮފީސް

ގުޅުންހުރި ޚަބަރު