ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ޙާޖީ އެމްވީ ނަމުގައި އެޕެއް
ޚަބަރު

ޙާޖީ އެމްވީ ނަމުގައި އެޕެއް

ހިރި ނިއުސްހިރި ނިއުސް1 ޖުލައި 2025
ޙާޖީ އެމްވީ ނަމުގައި ޙައްޖާއި ޢުމްރާއާއި ގުޅޭ ޚާއްސަ އެޕެއް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު އިފުތިތާޙުކޮށްފި ކަމަށް އެމިނިސްޓްރީން ވިދާޅުވެއްޖެއެވެ. މި އެޕް އިފުތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއަރޒް ޑރ. މޫސާ އަންވަރު ޙަސަނެވެ. ހާޖީ އެމްވީ އެޕަކީ ފަސޭހައިން ޙައްޖާއި ޢުމްރާއާ ބެހޭ މަޢުލޫމާތު ލިބިގަތުމަށް އެކުލަވައިލައިފައިވާ އެޕެއް ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވިއެވެ. މީގެ އިތުރަށް ޒިކުރުކުރުމާއި ޠަވާފާއި ސަޢުޔުގެ އަދަދު ކަށަވަރުކުރާނެ ގޮތާއި ޤުރުއާނާއި ސުންނަތުން ސާބިތުވާ ދުޢާތަކާއި ޙައްޖާއި ޢުމްރާއާ ގުޅޭ މައުލޫމާތު ހިމެނޭ ވީޑިއޯގެ އިތުރަށް މައްކާއާއި މަދީނާގެ އިސްލާމީ ތާރީޚާ ބެހޭ ވީޑިއޯތައް ވެސް ބެލޭން ހުންނާނެ ކަމަށް އެމިނިސްޓްރީން ވިދާޅުވިއެވެ. މިއީ އެޕްގެ ފުރަތަމަ ވާރޝަންއެވެ. މި އެޕް މިހާރު ފޯނުތަކަށް ލިބޭނީ ގޫގުލް ޕްލޭސްޓޯރުންނެވެ. އަދި އެޕަލް އެޕް ސްޓޯއިންވެސް މި އެޕް ލިބޭނެ އިންތިޒާމް ކުރިއަށް އޮތްތަނުގައި ހަމަޖެހިގެންދާނެ ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވިއެވެ. މި އެޕް އިތުރަށް ތަރައްޤީކުރެވިގެން ދާނެ ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވިއެވެ. މި އެޕްގެ އަމާޒަކީ ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ފަސޭހަކުރުމެވެ. މި އެޕްގައި ހިމެނޭ އެންމެހައި މައުލޫމާތަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާސްކޮށްފައިވާ މައުލޫމާތެކެވެ. މި އެޕްގެ ސަބަބުން ދުއާފޮތްތަކާއި ހައްޖާއި އުމްރާއާއި ބެހޭ ފޮތްތަކާ ނުލައި، ފޯނުން އެކަނި މިދާއިރާއާ ގުޅޭ މައުލޫމާތު ޙާޞިލްކުރެވޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.  

ގުޅުންހުރި ޚަބަރު