ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ބެންޗްމާކިންގ ދަތުރުފުޅެއްގައި މަޖިލީހުގެ ވަފްދެއް ސީޝެލްސްއަށް
ޚަބަރު

ބެންޗްމާކިންގ ދަތުރުފުޅެއްގައި މަޖިލީހުގެ ވަފްދެއް ސީޝެލްސްއަށް

އއިބްރާހީމްް ސަމީރު3 ޖުލައި 2025
ސީޝެލްސްއަށް ކުރައްވާ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އަޙުމަދު ނާޒިމްއާއި ވަފްދުގެ ބޭފުޅުން މިއަދު، ސީޝެލްސްގެ ޕާލަމެންޓްގެ ރައީސްގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ސްޕީކަރ ރޮޖާ މާންސިއެންއާއެކު އޮތް ބައްދަލު ކުރެއްވުމުގައި އަޙުމަދު ނާޒިމްގެ އިތުރުން، މި ވަފުދުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހިމް ނާޒިލްއާއި މެމްބަރު ހުސައިން ރިޒާ އާދަމްއާއި މެމްބަރު ހަސަން ޒަރީރާއި މެމްބަރު ހުސްނީ މުބާރަކް ބައިވެރިވެ ވަޑައިގަތެވެ.
ސީޝެލްސްގެ ޕާލަމެންޓުން، ސްޕީކަރ މާންސިއެންގެ އަރިހުގައި ޑެޕިއުޓީ ސްޕީކަރ ޖަރވައިސް ހެންރީ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ސީޝެލްސްގެ ޕާލަމެންޓްގެ ރައީސް މާންސިއެން ވަނީ ދިވެހި ވަފްދަށް ހޫނުމަރުޙަބާއެއް ވިދާޅުވެފައެވެ. ޕާލަމެންޓްރީ ބެންޗްމާކިންގެ މަގްސަދުގައ ކުރައްވާ މިދަތުރުފުޅާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އަޙުމަދު ނާޒިމް ވިދާޅުވީ، މިއީ، ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގެ ނިޒާމުތަކާއި ޝަރުއީ ނިޒާމު މަސައްކަތް ކުރާގޮތް ދިރާސާކުރުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ދެ ޤައުމުގެ ދެމެދުގައި އެއްގޮތް ގިނަ ކަންތައްތަކެއް ހުރިނަމަވެސް ސީޝެލްސްގެ ޕާލަމެންޓްގެ ތަޖުރިބާ ދިރާސާކޮށް، މުހިންމު މުއައްސަސާތައް ހިނގާ ގޮތާއި ވަސީލަތްތައް ބަލަހައްޓާ ގޮތް ބަލައި، ރާއްޖެއަށް ބޭނުންވާ ޕާލަމެންޓްރީ ބެންޗްމާކިންގެ އުސޫލުތައް ކަނޑައެޅުމަށް މިދަތުރުން މުހިންމު މައުލޫމާތު ލިބިގެންދާނެ ކަމަށެވެ. ސީޝެލްސްގެ ޕާލަމެންޓްގެ ރައީސް މާންސިއެން ވަނީ މިފަދަ ދިރާސާ ދަތުރުތަކުން، ޕާލަމެންޓްރީ ބެންޗްމާކިންގައި ކަންކަން އެއްގޮތްކޮށް، ގާނޫނު ހެދުމުގައި އެންމެ ރަނގަޅު އުސޫލުތައް ބޭނުން ކުރުމުގެ މުހިންމުކަމާއި ސީޝެލްސްގެ ތަޖުރިބާއާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ވަފްދު، މިމަހު 1 ން 5އަށް ކުރައްވާ ދަތުރުފުޅުގައި، ސީޝެލްސްގެ ޕާލަމެންޓްގެ މުހިންމު ކޮމިޓީތަކާއެކު ބައްދަލުވުންތައް ބާއްވަވާނެއެވެ. ޚާއްސަކޮށް ފައިނޭންސް އެންޑް ޕަބްލިކް އެކައުންޓްސް ކޮމިޓީއާއި އިންޓަނޭޝަނަލް އެފެއާޒް ކޮމިޓީ އަދި ޑިފެންސް އެންޑް ސެކިއުރިޓީ ކޮމިޓީ އާއެކު ބައްދަލުވުންތައް ތާވަލް ކުރެވިފައި ވެއެވެ. މިއަދު ރައްޔިތުންގެ މަޖިލީހުގެ ވަފްދުން ވަނީ ޕާލަމެންޓްގެ ޖަލްސާ ކުރިއަށް ދިޔަ ގޮތްވެސް ބައްލަވާލައްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ވަފްދު ސީޝެލްސްއަށް ވަޑައިގަތީ އިއްޔެއެވެ. މި ވަފްދުގައި ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުމާ ބެހޭ ކޮމިޓީގެ ރައިސާއި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ރައީސާއި ޖުޑިޝަރީ ކޮމިޓީގެ ރައީސްވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

ގުޅުންހުރި ޚަބަރު