ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ރައީސް ސިންގަޕޫރުގެ ޓުއަސް ޕޯޓަށް
ޚަބަރު

ރައީސް ސިންގަޕޫރުގެ ޓުއަސް ޕޯޓަށް

ހިރި ނިއުސްހިރި ނިއުސް3 ޖުލައި 2025
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އެޤައުމުގެ ޓުއަސް ޕޯޓަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ، ޓުއަސް ޕޯޓަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޙަބާ ދެންނެވީ ގުރޫޕް ހެޑް އޮފް ބިޒްނަސް ޑިވެލްޕްމެންޓް، އޮންގ ސޯ ލިއޮން އަދި ޕީ.އެސް.އޭ އިންޓަރނޭސަނަލްގެ ނައިބު ރައީސް (ކޮންޓައިނާ ޑިވިޒަން) ވިލިއަމް ގޮހ އެވެ. ޓުއަސް ޕޯޓުން ރައީސުލްޖުމްހޫރިއްޔާއާއި، އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަށްވަނީ އެތަނުގައި ތަރައްޤީއަށް ކުރެވިފައި ހުރި ކަންކަމާއި، މަސައްކަތްތައް ކުރިށްދާ ގޮތް ޙިއްސާކުރައްވާފައެވެ. އެއަށްފަހު ޕޯޓު ބައްލަވާލައްވައި، ޕޯޓު ކޮންޓުރޯލް ސެންޓަރުގައި އޮޓޮމެޓިކް ކާގޯގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައިވެއެވެ. 2040 ގައި ޓުއާސް ޕޯޓުގެ މަސައްކަތް ނިމުމާއެކު ދުނިޔޭގެ އެންމެ ބޮޑު އޮޓޮމޭޓެޑް ބަނދަރަށް އެތަން ވެގެންދާނެއެވެ. މި ބަނދަރަކީ މުދާ އުފުލުމަށް ޑިޖިޓަލް ސޮލިއުޝަންތައް ބޭނުންކުރުމަށް މަސައްކަތްކުރާ ބަނދަރެކެވެ. ޚަބަރާއި ފޮޓޯ: ރައީސް އޮފީސް

ގުޅުންހުރި ޚަބަރު