ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ކޮންމެ އަންގާރަ ދުވަހަކު އާޓު ކުލާހެއް
ޚަބަރު

ކޮންމެ އަންގާރަ ދުވަހަކު އާޓު ކުލާހެއް

މމުހައްމަދު އަލީ3 ޖުލައި 2025
އިސްރަށްވެހިންނަށް އަމާޒުކޮށްގެން ހުޅުމާލެ އިސްރަށްވެހިންގެ ނާދީގައި އާރޓް ކްލާސްތަކެއް ކުރިއަށް ގެންދަން ފަށައިފިއެވެ. މިއީ ހުޅުމާލެ ނާދީ އާއި އާރޓީ ފިންގާސްއާއި ގުޅިގެން ކުރިއަށް ގެންދާ ކުލާސްތަކެކެވެ. މި އާރޓް ކުލާސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ އަންގާރަ ދުވަހެއްގައި ހުޅުމާލެ އިސްރަށްވެހިންގެ ނާދީގައެވެ. މި ކުލާހުގައި ބައިވެރިވުމަށް ހުޅުމާލެ ނާދީގެ ނަންބަރު 3027587 ގުޅައި ނަންނޯޓް ކުރުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް އޮންނާނޭ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.  

ގުޅުންހުރި ޚަބަރު