ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
މާލެއިން މީހަކު ގެއްލިގެން ހޯދަނީ
ޚަބަރު

މާލެއިން މީހަކު ގެއްލިގެން ހޯދަނީ

މމުހައްމަދު އަލީ3 ޖުލައި 2025
މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. އެމީހާ ހޯދަން ފަށާފައިވަނީ އެމީހާއަށް ވީގޮތެއް ނޭނގިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެންކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. ގެއްލިގެން ހޯދަމުންދަނީ ޏ. ފުވައްމުލައް. ހޯދަޑު / ބޯގަންވިލާ، ސާމީ ޢަބްދުލްޙަމީދު (34އ) ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. 2025 ޖޫން 25 ވަނަ ދުވަހުން ފެށިގެން ސާމީ ޢަބްދުލްޙަމީދު ޚަބަރެއް ނުވެ ގެއްލިފައިވާކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2025 ޖުލައި 2 ވަނަ ދުވަހު 18:16 އެހައިކަންހާއިރުއެވެ. މިމައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާއެކު ފުލުހުންގެ ކަމާގުޅުންހުރި އެންމެހައި ބަހާތަކަށް މައުލޫމާތު ހިއްސާކުރެވި މީހާ ހޯދުމުގެ މަސައްކަތްކުރަމުންދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން މީހާ ހޯދިފައިނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ސާމީ ޢަބްދުލްޙަމީދު އާބެހޭ އެއްވެސް މައުލުމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ގަލޮޅު ޕޮލިސް ސްޓޭޝަން ނަންބަރު 9790092 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުންވަނީ އެދިފައެވެ.  

ގުޅުންހުރި ޚަބަރު