ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ފަސް އަތޮޅެއްގެ ވެރީން މިނިސްޓަރ ރާފިއުއާ ބައްދަލު ކުރައްވައިފި
ޚަބަރު

ފަސް އަތޮޅެއްގެ ވެރީން މިނިސްޓަރ ރާފިއުއާ ބައްދަލު ކުރައްވައިފި

މމުހައްމަދު އަލީ3 ޖުލައި 2025
ކ. އަތޮޅާއި، އއ. އަތޮޅާއި، އދ. އަތޮޅާއި، ވ. އަތޮޅާއި އަދި މ. އަތޮޅުގެ މަސައްކަތްތައް ބެލެހެޢްޓެވުމާއި ޙަވާލުވެތިއްބެވި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމެން އެންޑް ޕަބްލިކް ވަރކްސްގެ ވެރިން، މިނިސްޓަރ އޮފް ސްޕޯރޓް، ފިޓްނެސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުބް ބޭއްވީ މިނިސްޓްރީ އޮފް ސްޕޯރޓް ފިޓްނެސް އެންޑް ރެކްރިއޭޝަންގައި އިއްޔެގައެވެ. މި ބައްދަލުވުމުގައި މި އަތޮޅުތަކުގައި ސްޕޯރޓްސް މިނިޓްރީން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮޖެކްޓްތަކުގެ އަދާހަމަ މަޢުލޫމާތު އެއްކުރައްވާފައި ވެއެވެ. އެ ގޮތުން ފިޓްނެސް ރެކްރިއޭޝަން ސެންޓަރތަކާއި، ކުޅިވަރު ކޯޓުތަކާއި، ދަނޑުތަކުގެ މަޢުލޫމާތު ހޯއްދައި އަދާހަމަކުރެވިފައިވާ ކަމަށް އެމިނިސްޓްރީން ވިދާޅުވިއެވެ. މި ބައްދަލުވުމުގައި އެ ފަސް އަތޮޅުގެ ކަންކަން ބެލެހެއްޓެވުމާއި ޙަވާލުވެ ހުންނެވި ޑެޕިޔުޓީ މިނިސްޓަރ އަޙްމަދު ޙަލީމާއި، އަތޮޅުތަކުގެ ކޯޑިނޭޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.  

ގުޅުންހުރި ޚަބަރު