ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ވިޔަފާރި ފޯރަމް ކާމިޔާބު
ޚަބަރު

ވިޔަފާރި ފޯރަމް ކާމިޔާބު

މމުހައްމަދު އަލީ4 ޖުލައި 2025
ޢިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިޔާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ދިވެހިރާއްޖެ- ސިންގަޕޫރު ވިޔަފާރި ފޯރަމް 2025، ގެ ނަމުގައި ސިންގަޕޫރުގެ މަޝްހޫރު ސެންޓޯސާ އައިލެންޑްގައި ހުންނަ ކަޕެއްލާ ސިންގަޕޫރުގައި ކާމިޔާބުކަމާއެކު ފޯރަމެއް ބާއްވައިފިއެވެ. މި ފޯރަމްގައި 200 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ބޭރުގެ އިންވެސްޓަރުންނާއި، ސީނިއަރ ވިޔަފާރިވެރިންނާއި، ދެ ޤައުމުގެ ސަރުކާރުގެ އިސް މަންދޫބުން ހިމެނެއެވެ. މި ފޯރަމް ރަސްމީކޮށް ހުޅުވައިދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އަދި ސިންގަޕޫރުގެ ސަސްޓެއިނަބިލިޓީ އެންޑް ދަ އެންވަޔަރަންމަންޓް މިނިސްޓަރު އަދި ޓްރޭޑް ރިލޭޝަންސްގެ މިނިސްޓަރު 'ގްރޭސް ފޫ ހައި ޔިއެން' ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މި ފޯރަމްގެ އެންމެ މުހިންމު ކަމަަކަށް ފާހަގަ ކުރެވުނީ 2 ޕްރޮޖެކްޓު އެއްބަސްވުމެއްގައި ސޮއެކުރުމެވެ. ފުރަތަމަ އެއްބަސްވުމަކީ ދިވެހި ސަރުކާރާއި ހެންލޭ އެންޑް ޕާރޓްނާސް އާ ދެމެދު ކުރެވުނު "ރެސިޑެންސީ ބައި އިންވެސްޓްމެންޓް ޕްރޮގުރާމް" އެވެ. އަދި ދެވަނަ އެއްބަސްވުމަކީ "ޕްރޮޖެކްޓް ސޯލާރ ސިޓީ" މިއީ 100 މެގަވޮޓް ގެ ފްލޯޓިންގ ސޯލާރ ޕްރޮޖެކްޓެކެވެ. މީ ޑރ. މުއިއްޒުގެ 2040 ވަނަ އަހަރުގެ ތަސައްވަރުގައިވާ 'ސްޕެޝަލް އެކޮނޮމިކް ޒޯން (އެސްއީޒެޑް)' ގެ ފްރޭމްވޯކުގެ ދަށުން، ހަވާލުކުރެވުނު ފުރަތަމަ ޕްރޮޖެކްޓްއެވެ. "މޯލްޑިވްސް - ސިންގަޕޫރު" ބިޒްނަސް ފޯރަމްއަކީ ދެ ޤައުމުގެ ގުޅުމަށް 50 އަހަރު ފުރުމާ ގުޅިގެން އެކަމަށްވެސް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ ފޯރަމެކެވެ. އެގޮތުން މި ފޯރަމްގައި ވަނީ ރާއްޖެއާއި ސިންގަޕޫރުގެ ގުޅުމަށް 50 އަހަރު ފުރުމާގުޅިގެން އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދިވެހިރާއްޖެއާ ސިންގަޕޫރުގެ ދެމެދުގައި އިޤްތިސާދީ ގުޅުން ވަރުގަދަކުރަން މަސައްކަތްކޮށްދެއްވި އެކިފަރާތްތަކަށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ވަނީ ހަނދާނީ ފިލާދީފައެވެ. ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މިފޯރަމްގައި 'ހައި ލެވަލް ޕެންލް ޑިސްކަޝަން' އެއްވެސް ބޭއްވުނެވެ. އަދި މި ވާހަކަތަކުގައި ދިވަހި އަދި ސިނގަޕޫރުގެ ޕްރައިވެޓް ސެކްޓަރ ތަކުން ބައިވެރިވިއެވެ. މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމުގެ ދެމެދުގައިވާ ވިޔަފާރީގެ ގުޅުން ބަދަހިކޮށް، ދިވެހިރާއްޖެއަށް އިންވެސްޓްމަންޓް ގެނައުމަށް މަގުފަހިކުރުމެވެ. ޚަބަރާއި ފޯޓޯ: އިކޮނޮމިކް މިނިސްޓްރީން  

ގުޅުންހުރި ޚަބަރު