ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ފުލެޓު ދިނުމުގައި އިންސާވެރިކަން ކަށަވަރު ކުރާނެ: މިނިސްޓަރ
ޚަބަރު

ފުލެޓު ދިނުމުގައި އިންސާވެރިކަން ކަށަވަރު ކުރާނެ: މިނިސްޓަރ

މމުހައްމަދު އަލީ5 ޖުލައި 2025
މުޢާމަލާތްތައް ރަނގަޅަށް ބަލާ، ޗެކްކޮށް، ވެރިފައިކުރުމަށްފަހު ނޫނީ، އެއްވެސް މީހަކަށް ދީފައިވާ ފްލެޓެއް އެހެން މީހަކަށް ކަނޑައެއް ނާޅާނެ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ . މިނިސްޓަރ މިހެން ވިދާޅުވީ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ޑރ. މުއްޠަލިބް ވިދާޅުވީ ބޯހިޔާވަހި ކަމާ ގުޅޭ ކަންކަމުގައި ކުރިއަށް އޮތްތަނުގައި ރައްޔިތުންނަށް ދިމާވާނެ ދަތިތައް ކުޑަކުރުމަށް މަސައްކަތްކުރާނޭ ކަމަށެވެ. މިގޮތުން ފްލެޓްތައް ކަނޑައެޅުމުގެ މުޢާމަލާތްތަކުގައި ހުރި ގޮންޖެހުންތަކާއި، އަދި ނަން ބަދަލުކުރުމުގެ މައްސަލަތަކާއި ގުޅޭގޮތުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، "ކޮންމެ ފަރާތަކަށްވެސް ލިބޭނެ ޑިސްކޮލިފައިވާ ކަމުގެ ނޯޓިސް ފޮނުވީމަ އެއީ ރަނގަޅު ނިންމުމެއްތޯ ނޫންތޯ އެޕީލް ކުރުމުގެ ފުރުޞަތު. އެޕީލް ކުރުމުގެ ފުރުޞަތު ދިނުމަށްފަހުގަ އެ މުޢާމަލާތްތައް ހިންގާ ރަނގަޅަށް ބަލާ ޗެކްކޮށް ވެރިފައިކޮށްފަ ނޫނިއްޔާ އެއްވެސް މީހަކަށް ދީފަ އޮތް ފްލެޓެއް އަޅުގަނޑުމެން އެހެން ފަރާތަކަށް ކަނޑައެއް ނާޅާނަން،" ކަމަށެވެ.  

ގުޅުންހުރި ޚަބަރު