ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ވަކި އުސްމިނެއްގައި އިމާރާތް ކުރުން މުހިންމު: މިނިސްޓަރ
ޚަބަރު

ވަކި އުސްމިނެއްގައި އިމާރާތް ކުރުން މުހިންމު: މިނިސްޓަރ

މމުހައްމަދު އަލީ5 ޖުލައި 2025
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލޭ ހިނދު ދިމާވާ ކާރިސާތަކުން ރައްޔިތުންނަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް، އިމާރާތްތައް ބިނާކުރުމުގައި ވަކި އުސްމިނެއްގައި އިމާރާތްކުރަން ފެށުން މުހިންމު ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުالله މުއްޠަލިބް ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ ދައުލަތުގެ އިމާރާތްތައް ބިނާކުރާއިރު ސަމާލުކަންދެއްވާނޭ ކަމަށެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ރައްޔިތުންނަށް ސަރުކާރުގެ ސިޔާސަތުތަކާއި މަޝްރޫޢުތަކާ ގުޅޭގޮތުން "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. މި ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ހައްލުތައް ހޯދައިދިނުމަކީ އިސްކަމެއް ދެއްވާ ކަމެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ، "ކްލައިމެޓް ޗޭންޖާ ސީ ލެވެލް ރައީޒްއާއެއްކޮށް އަޅުގަނޑުމެން ވިސްނަންއެބަޖެހޭ ވަކި އުސްމިނެއްގަ އިމާރާތްކުރަން ފަށަން. އެކަން ކުރުމަކީ ވަރަށް މުހިންމުކަމެއް. ދައުލަތުގެ އިމާރާތްތައް ކުރާއިރު އަޅުގަނޑުމެން އެކަމަށް ވިސްނާނަން،" ކަމަށެވެ. އަތޮޅުތަކާއި މާލޭގައި ފެންބޮޑުވުން ފަދަ ކާރިސާތައް މިހާރުވަނީ އާންމުވެފައެވެ. މިފަދަ ކަންކަމުން ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދެއެވެ. އެހެން ކަމުން ގެދޮރު ހެދުމުގައި މިކަންކަމަށް އިސްކަންދިނުން މުހިންމު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު