ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ސަރުކާރުގެ އަމާޒަކީ ފަސޭހައިން ލޯނު ދެއްކޭވަރުކޮށްދިނުން
ޚަބަރު

ސަރުކާރުގެ އަމާޒަކީ ފަސޭހައިން ލޯނު ދެއްކޭވަރުކޮށްދިނުން

މމުހައްމަދު އަލީ5 ޖުލައި 2025
ދައުލަތުން ރައްޔިތުންނަށް ދޫކުރާ ލޯނު ދެއްކުމުގައި ރައްޔިތުންނަށް ލުއިފަސޭހަގޮތް ހެއްދެވުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުالله މުއްޠަލިބް ވިދާޅުވެއްޖެއެވެ. "އަށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުއްޠަލިބް ވަނީ ބޯހިޔާވަހިކަމުގެ ދާއިރާއަށް ސަރުކާރުން ދެއްވާ އިސްކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ސަރުކާރުގެ މަޤްސަދަކީ އިމާރާތްކޮށް، އެއަށް ސަބްސިޑައިޒްކޮށްގެން، އެފޯޑަބަލް ރޭޓެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، ދައުލަތުން ދޭ ލޯނަކީ ލުއި ފަސޭހަ، އެބޭފުޅަކަށް ދެއްކޭވަރުގެ އެއްޗަކަށް ހެދުމަކީ ސަރުކާރުގެ އަމާޒު ކަމުގައެވެ. އެ އުސޫލުން 5 އިންސައްތަ ޕްރޮފިޓްގައި ލޯނު ސްކީމްތައް ހިންގަވާ ކަންވެސް މިނިސްޓަރ ހާމަކުރެއްވިއެވެ. "ދައުލަތުން ދޭ ލޯނަކީ ލުއި ފަސޭހަ އެބޭފުޅަކަށް ދެއްކޭވަރުގެ އެއްޗަކަށް ހެދުމަކީ ސަރުކާރުގެ އަމާޒު. އެ އުސޫލުން  5 ޕަސެންޓް ޕްރޮފިޓްގަވެސް އަޅުގަނޑުމެން ލޯނު ސްކީމް މިހިންގަނީ،" މިނިސްޓަރ ޑރ. ޢަބްދުالله މުއްޠަލިބް ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު