ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ލޯންޗެއް ކޮންޓްރޯލް ނުވެގޮސް ޖެޓީގައިޖެހި ބަޔަކަށް އަނިޔާވެއްޖެ
ޚަބަރު

ލޯންޗެއް ކޮންޓްރޯލް ނުވެގޮސް ޖެޓީގައިޖެހި ބަޔަކަށް އަނިޔާވެއްޖެ

މމުހައްމަދު އަލީ7 ޖުލައި 2025
ތިނަދޫ ސިޓީގެ ޓަރމިނަލް ޖެޓީއަށް ކައިރިކުރަން އުޅުނު ލޯންޗެއް ކޮންޓްރޯލްނުވެ ގޮސް ޖެޓީގައި ޖެހި ހިނގި ހާދިސާއެއްގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ. މިއަދު މެންދުރުފަހު ހިނގި މިހާދިސާގައި އަނިޔާވެފައިވަނީ އެއިން ދަތުރުކުރި ހަ މީހުންގެ ތެރެއިން ކެޕްޓަނާއި ފަޅުވެރިޔާގެ އިތުރުން ފަންސަވީ އަހަރުގެ އަންހެނަކަށާއި އަށާވީސް އަހަރުގެ އަންހެނަކަށް ކަމަށް ފުލުހުން ވިދާޅުވިއެވެ. އެއިން ދަތުރުކުރީ ތިން އަންހެނަކާއި، އެއް އަހަރުގެ ތުއްތު ކުއްޖެއްގެ އިތުރުން ލޯންޗުގެ ކެޕްޓަނާއި ފަޅުވެރިއެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. އަނިޔާވީ މީހުންނަށް ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އެނގިފައެއް ނުވެއެވެ. ފުލުހުން ގެންދަނީ މިމައްސަލަ ބަލަމުންނެވެ.

ގުޅުންހުރި ޚަބަރު