ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ކަލަންޑަރުގައި ހިމެނުމަށް ބޭނުންވާ ފޮޓޯ ހޯދުމަށް މުބާރާތެއް ބާއްވަނީ
ޚަބަރު

ކަލަންޑަރުގައި ހިމެނުމަށް ބޭނުންވާ ފޮޓޯ ހޯދުމަށް މުބާރާތެއް ބާއްވަނީ

މމުހައްމަދު އަލީ8 ޖުލައި 2025
އަންނަ އަހަރު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ނެރުމަށް ހަމަޖެހިފައިވާ 2026 ވަނަ އަހަރުގެ ކަލަންޑަރުގައި ހިމަނަން ބޭނުންވާ ފޮޓޯ ހޯދުމުގެ ގޮތުން ފޮޓޯ މުބާރާތެއް އެމިނިސްޓްރީން ފަށައިފިއެވެ. 'ކަލަންޑަރ ފޮޓޯ މުބާރާތް 2025' ގެ ނަމުގައި ކުރިއަށް ގެންދާ މި މުބާރާތުގައި ހުށައަޅާ ފޮޓޯތަކުގެ ތެރެއިން ފަނޑިޔާރުން ކަނޑައަޅާ އެންމެ ރީތި 13 ފޮޓޯއެއް 2026 ވަނަ އަހަރުގެ ކަލަންޑަރުގައި ހިމެނުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ހުރިހާ އުމުރެއްގެ މީހުންނަށްވެސް ބައިވެރިވެވޭނެއެވެ. ކޮންމެ ބައިވެރިއަކަށްވެސް ހުށައެޅޭނީ މަދުވެގެން ތިން ފޮޓޯ ކަމަށްވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. ގިނަވެގެން ފަސް ފޮޓޯއެވެ. ރާއްޖޭގެ އެކިރަށްރަށުގައި ޤާއިމްކޮށްފައިވާ މިސްކިތްތަކުގެ ފޮޓޯ (އިންޓީރިއާ، އެކްސްޓީރިއާ، އަދި އޭރިއަލް ވިއު) މުބާރާތަށް ހުށައަޅާ ފޮޓޯތަކުގައި މާތްﷲ ގެ އިސްމުފުޅުތައް، ކީރިތި ރަސޫލާ (ސއވ) ގެ ނަންފުޅާއި ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ މަންޒަރުތައް ހިމެނިގެން ނުވާނޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ. މި މުބާރާތުގައި ހުށައަޅާ ފޮޓޯތަކުގެ ތެރެއިން ފަނޑިޔާރުން ކަނޑައަޅާ 12 ފޮޓޯއަށް، ފޮޓޯއަކަށް 2500 ރުފިޔާ އަދި ކަލަންޑަރުގެ ބޭރު ކަވަރުގައި ހިމެނުމަށް ހޮވޭ ފޮޓޯއަށް 1500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށްވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. މި މުބާރާތުގައި ފަނޑިޔާރުން އިންސާފު ކުރުމުގައި ބެލުމަށް ހަމަޖެހިފައިވާ ކަންތައްތަކަކީ އުފެންދުންތެރިކަމާއި، ޓެކްނިކަލް ފެންވަރާއި ކޮލިޓީ، ފަންނުވެރިކަމާއި ހުނަރު އަދި ޝަރުތުތަކާއި ގުޅުން ހުރި މިންވަރު ކަމަށްވެސް ވިދާޅުވެފައިވެއެވެ. މި މުބާރާތަށް ފޮޓޯ ހުށައެޅުމަށް ހާއްސަ ލިންކެއް ވަނީ ހަދާފައެވެ. އެގޮތުން ފޮޓޯ ހުށައަޅަން ޖެހޭނީ https://shorturl.at/vmPqa މި ލިންކު މެދުވެރިކޮށްގެންނެވެ. މުބާރާތަށް ހުށައަޅާ ފޮޓޯއާއެކު ބައިވެރިޔާގެ އައިޑީކާޑު ފޮޓޯ ހުށައަޅަން ޖެހޭނެއެވެ. އަދި ކޮންމެ ފޮޓޯއެއްގައި އެ ފޮޓޯގެ ލޮކޭޝަނާއި، މިސްކިތުގެ ނަން އަދި ފޮޓޯއާއި ގުޅޭ ކުރު ތަޢާރަފެއް ހިމަނަން ޖެހޭނޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ. މި މުބާރާތަށް ފޮޓޯ ހުށައެޅޭނެ އެންމެ ފަހު ތާރީޚަކީ 31 ޖުލައި 2025 ވަނަ ދުވަހުގެ ރޭ 23:59 އެވެ.

ގުޅުންހުރި ޚަބަރު