ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ލިޔުންތެރީންގެ މަސައްކަތް ބައްޓަން ކުރަންވާނީ އަންނަން އޮތް ޖީލަށް މަގުފަހިވާ ގޮތަށް: އާޒިމް
ޚަބަރު

ލިޔުންތެރީންގެ މަސައްކަތް ބައްޓަން ކުރަންވާނީ އަންނަން އޮތް ޖީލަށް މަގުފަހިވާ ގޮތަށް: އާޒިމް

މމުހައްމަދު އަލީ9 ޖުލައި 2025
އަންނައޮތް ޖީލަށް މަގުފަހިވާގޮތަށް، ލިޔުންތެރިންގެ މަސައްކަތް ބައްޓަން ކުރުމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ލިޔުންތެރިންގެ ދުވަހާ ގުޅިގެން މޭޔަރގެ އަމިއްލަ ސޯޝަލް މީޑިއާގެ އެކައުންޓްތަކުގައި ޙިއްޞާ ކުރެއްވި ފޯސްޓެއްގައި ވިދާޅުވެފައިވަނީ ލިޔުންތެރިންނަކީ، ޤައުމުގެ މުސްތަޤުބަލް ބައްޓަން ކުރުމުގެ، ވަރަށް ބޮޑު ބާރަކާއި، ނުފޫޒެއް އޮތް ބައެއް ކަމަށެވެ. އެހެން ކަމުން އަންނަން އޮތް ޖީލު، ހެޔޮގޮތުގައި ބައްޓަންކުރުމަށް މަގު ފަހިވާގޮތަށް، ލިޔުންތެރިންގެ މަސައްކަތް ބައްޓަންކުރުން ވަރަށް  މުހިންމު ކަމަށްވިދާޅުވިއެވެ. "ލިޔުންތެރިންނަކީ، ޤައުމުގެ މުސްތަޤުބަލް ބައްޓަން ކުރުމުގެ، ވަރަށް ބޮޑު ބާރަކާއި، ނުފޫޒެއް އޮތް ބައެއް. އަންނައޮތް ޖީލު، ހެޔޮގޮތުގައި ބައްޓަންކުރުމަށް މަގުފަހިވާގޮތަށް، ލިޔުންތެރިންގެ މަސައްކަތް ބައްޓަންކުރެއްވުމަށް، ދިވެހި ލޮބުވެތި ލިޔުންތެރިންނަށް، އަޅުގަނޑު އިޚުލާސްތެރިކަމާއެކު އިލްތިމާސްކުރަން،" މޭޔަރ ވިދާޅުވެފައިވެއެވެ. މޭޔަރ ވިދާޅުވެފައިވަނީ ރާއްޖޭގެ ލިޔުންތެރިންގެ ދުވަހާ ގުޅިގެން ދިވެހި ބަހާއި، ތާރީޚާއި، ސަޤާފަތާއި، އާދަކާދައާއި، އަދި ދިވެހި ވަންތަކަން، ނަގަހައްޓައި، ދެމެހެއްޓުމުގެ އަގުހުރި، ބުރަ، މަސައްކަތްކުރައްވާ، ހިތްވަރުގަދަ ދިވެހި ލިޔުންތެރިންނަށް ދުވަހުގެ ހެޔޮ އެދުންތައް ރައްދުކޮށްފައެވެ. ރާއްޖޭގެ ލިޔުންތެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. އެއީ ރާއްޖޭގައި ޗާޕުކޮށްގެން އެންމެ ފުރަތަމަ މަޖައްލާއެއް ނެރުނު ދުވަހެވެ. "އަލްއިޞްލާޙް" ގެ ނަމުގައި ނުކުތް މަޖައްލާގެ ފުރަތަމަ ޢަދަދު ނެރުނީ 1933 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. މި މަޖައްލާ ނެރެން ފަށާފައިވަނީ 22 ޑިސެމްބަރު 1932 ގައި ތަންފީޒުކުރަން ފެށުނު ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީއިން ލިބުނު މިނިވަންކަމުގެ ތެރެއިންނެވެ.  

ގުޅުންހުރި ޚަބަރު