ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
މަސްއުކާލުން: ޒިންމާ އުފުލަންޖެހޭ ފަރާތްތައް އިސްތިއުފާދޭންޖެހޭ
ޚަބަރު

މަސްއުކާލުން: ޒިންމާ އުފުލަންޖެހޭ ފަރާތްތައް އިސްތިއުފާދޭންޖެހޭ

މމުހައްމަދު އަލީ9 ޖުލައި 2025
ރާއްޖޭގެ އިގްތިސާދުގެ ލޭނާރު ކަމަށްބުނާ މަސްވެރި ކަމުގެ ލޭނާރު ބުރިވެ ލޭމަނާ ނުކުރެވޭ ހިސާބަށް ހާލަތު ހިނގައްޖެ ކަމަށް އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިއްޕެ ވިދާޅުވެފައިވަނީ "އިގުތިޞާދީ އެންމެ ހަރަކާތެއްވެސް ނުހިންގޭއިރު، ރައްޔިތުމީހާ އަމިއްލަ ހަލާލު މަސައްކަތުން ބާނާ މަސްކޮޅުވެސް އުކާލަންޖެހޭ ހާލަތަކީ ޒިންމާ އުފުލަންޖެހޭ ފަރާތްތައް އިސްތިއުފާދޭންޖެހޭ ހާލަތު،" ކަމަށެވެ. ޝިފާޒު މިހެން ވިދާޅުވީ މ. ނާލާފުށީ މަސް ދޯންޏަކުން ބޭނި ދެ ޓަނުމަސް ނުކިރި އުކާލަން ޖެހުމުން ކުރެއްވި ޕޯސްޓެކެވެ. ދެ ޓަނާއި ހަސަތޭކަ ކިލޯމަސް އުކާލީ ކިރުވޭނޭ އެއްވެސް ގޮތެއްނެތިގެން ކަމަށެވެ.

ގުޅުންހުރި ޚަބަރު