ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
މަސްވެރީންނަށް ތިންމިލިއަން ރުފިޔާ ދޫކޮށްފި
ޚަބަރު

މަސްވެރީންނަށް ތިންމިލިއަން ރުފިޔާ ދޫކޮށްފި

މމުހައްމަދު އަލީ9 ޖުލައި 2025
މަސްވެރިކަންކުރާ ފަންސާސް ދޯންޏަކަށް މިއަދު ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ މިފްކޯއިން ދޫކޮށްފި ކަމަށް އެކުންފުނީން ވިދާޅުވެއްޖެއެވެ. މިއީ މިމަހުގެ 6 ވަނަ ދުވަހު މަސްވެރިން މިފްކޯއަށް ކިރުވާފައިވާ މަހުގެ އަގަށްވާ ފައިސާ ކަމަށްވެސް މިފްކޯއިން ވިދާޅުވިއެވެ. މި މަހުގެ 6 ވަނަ ދުވަހު 50 ދޯންޏަށް 3،644،222 (ތިން މިލިއަން ހަ ލައްކަ ސާޅީސް ހަތަރުހާސް ދުއިސައްތަ ބާވީސް) ރުފިޔާ މިފްކޯއިން ދީފައިވެއެވެ. މީގެއިތުރަށް މިމަހުގެ 7 ވަނަ ދުވަހު 75 ދޯންޏަކަށް 5،156،362 (ފަސްމިލިއަން އެއްލައްކަ ފަންސާސް ހަ ހާސް ތިންސަތޭކަ ފަސްދޮޅަސް ދޭއް) ރުފިޔާ މިފްކޯއިން ދީފައިވެއެވެ. މަސްވެރި ސިނާޢަތަށް މިދިޔަ 40 އަހަރު ނުގެނެސްދެވިވާ ތަރައްޤީ މިސަރުކާރުން އަންނަނީ ގެނެސް ދެމުން ކަމަށް ސަރުކާރުން ގެންދަވަނީ ވިދާޅުވަމުންނެވެ. މަސްވެރިކަމުގެ ދާއިރާގައި ހުރި މައްސަލަތަކަށް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލު ލިބިގެންދާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުވެސް ވަނީ ވިދާޅުވެފަ އެވެ. ރައީސްގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި މިހާރުދަނީ ފައިސާ ދޫކުރަމުންނެވެ. މިއާއެކު މަސްވެރިކަމަށް ނިކުންނަ ދޯނިފަހަރު ވަނީ އިތުރުވެފައެވެ. އަދި މަސްވެރިކަމަށް ނިކުންނަ ޒުވާނުންވެސް އިތުރުވަމުންދާކަން ސަރުކާރުން ވަނީ ފާހަގަކުރައްވައިފައެވެ.  

ގުޅުންހުރި ޚަބަރު