ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
މޫސުމީ ނުރައްކަލާއި ނާޒުކުކަމުގެ ވޯކްޝޮޕެއް ބާއްވައިފި
ޚަބަރު

މޫސުމީ ނުރައްކަލާއި ނާޒުކުކަމުގެ ވޯކްޝޮޕެއް ބާއްވައިފި

މމުހައްމަދު އަލީ10 ޖުލައި 2025
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ނުރައްކަލާއި، ރާއްޖޭގެ ނާޒުކުކަމަށް ހާއްސަ ކުރެވުނު ވޯކްޝޮޕެއް ކާމިޔާބުކަމާއެކު ބާއްވައިފި ކަމަށް ޓޫރިޒަމް އެންޑު އެންވަޔަރުމެންޓު މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މި ވޯކްޝޮޕަކީ ދިވެހިރާއްޖޭގެ ގައުމީ އެޑެޕްޓޭޝަން ޕްލޭން (އެން.އޭ.ޕީ) އެކުލަވާލުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މި ވޯކްޝޮޕްގައި ބައިވެރިވި ފަންނީ ވެރިންނާއި އެހެނިހެން ބައިވެރިން ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ އަސަރުތަކާއި، ރާއްޖޭގެ ނާޒުކުކަމާއި، މޫސުމީ ނުރައްކާތަކުގެ އިތުރުން މޫސުމަށް ތިމާވެށި ހޭނުމަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. މި މަޝްވަރާތަކުގެ މައިގަނޑު މަގުސަދަކީ ގައުމީ އެޑެޕްޓޭޝަން ޕްލޭން އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު އެއްކޮށް، އެ މަސައްކަތަށް އިރުޝާދު ދިނުން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އެން.އޭ.ޕީ އަކީ ރާއްޖެއަށް ކުރިމަތިވެދާނެ މޫސުމީ ގޮންޖެހުންތަކުން ރައްކާތެރިވުމަށްޓަކައި އެޅޭނެ މުހިންމު ފިޔަވަޅުތަކެއްގެ ތަފްސީލީ ގައުމީ ޕްލޭނެކެވެ. މިފަދަ ވޯކްޝޮޕްތަކަކީ ރާއްޖޭގެ މުސްތަގުބަލް މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ މަސައްކަތްތަކެއް ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.  

ގުޅުންހުރި ޚަބަރު