ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ސިއްޙީ ދާއިރާގައި ހިތްހެޔޮކަން އިސްކުރުން މުހިންމު: ސާޖިދާ
ޚަބަރު

ސިއްޙީ ދާއިރާގައި ހިތްހެޔޮކަން އިސްކުރުން މުހިންމު: ސާޖިދާ

މމުހައްމަދު އަލީ11 ޖުލައި 2025
ޞިއްޙީ ޚިދުމަތުގެ ދާއިރާގައި ހިތްހެޔޮކަމާއި ކެތްތެރިކަން އިސްކުރުމަކީ މުހިންމު ކަމެއް ކަމަށް ފަސްޓުލޭޑީ މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެ. އެކަނާ ވިދާޅުވީ ޞިއްޙީ ޚިދުމަތުގެ ކަންކަމުގެ އަސްލު މައްސަލަ ދެނެގަންނަން ހިމޭންކަމާއި ވިސްނުންތެރިކަމާއެކު މަސައްކަތްކުރުމަކީ އެހާމެ ބޭނުންތެރިކަމެއް ކަމަށެވެ. ސ. ފޭދޫ ޞިއްޙީ މަރުކަޒުގެ 43 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް އައްޑޫ ސިޓީ، މަރަދޫފޭދޫ، ތުރީއެސް ލައުންޖުގައި މިއަދު ހަވީރު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވަނީ ފޭދޫގައި ޑަކްޓަރީ ބޭސްފަރުވާގެ ޚިދުމަތް ފެއްޓެވި ގޮތާއި މިހާރުގެ ޙާލަތާ ބެހޭގޮތުން ވަހަކަފުޅު ދައްކަވައިފައެވެ. މި ޖަލްސާގައި މެޑަމް ވިދާޅުވީ ސިއްހީ ޚިދުމަތަކީ ތަފާތު ހަނދާންތަކާއި ތަފާތު ތަޖުރިބާތަކާއި ތަފާތު އިހްސާސްތަކާ ގުޅިފައިވާ ޚިދުމަތެއް ކަމުގައެވެ. މިޖަލްސާގައި ފަސްޓު ލޭޑީ ވަނީ ފޭދޫ ޞިއްޙީ މަރުކަޒަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ޙަވާލުކޮށްދެއްވައިފައެވެ. އަދި މަސައްކަތުގެ ރޮނގުން ފާހަގަކޮށްލެވޭ މުވައްޒަފުންނަށް އެވޯޑު ވެސް ހަވާލު ކޮށްދެއްވިއެވެ. އެގޮތުން ފޭދޫ ޞިއްޙީ މަރުކަޒަށް 30 އަހަރަށް ވުރެ ދިގު މުއްދަތަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަންކޮށް ވަނީ ހަނދާނީ ފިލާ ޙަވާލުކޮށް ދެއްވައިފައެވެ.  

ގުޅުންހުރި ޚަބަރު