ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
މަތީ ތަޢުލީމުގެ ލޯން
ޚަބަރު

މަތީ ތަޢުލީމުގެ ލޯން

އއިބްރާހީމްް ސަމީރު23 ޖުލައި 2025
ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް ދޫކުރާ ލޯނު ސްކީމަށް މި އަހަރު ކުރިމަތިލާފައިވާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވެފައިވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރުމަށް، ކަމާ ބެހޭ ވުޒާރާތަކަށް އަންގަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިއަހަރު މި ސްކީމަށް ކުރިމަތިލާފައިވާ ދަރިވަރުންގެ ތެރެއިން 806 ދަރިވަރެއްގެ ހުރިހާ ޝަރުތެއް ހަމަވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާ އެކު، މި ހުރިހާ ދަރިވަރުންނަށް ލޯން ސްކީމުން ފުރުޞަތު ލިބޭނެއެވެ. މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތު ފަހިކޮށް ފުޅާކުރުމަކީ މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ސިޔާސަތެކެވެ. ޚަބަރު: ރައީސް އޮފީސް

ގުޅުންހުރި ޚަބަރު