ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ޕެރޭޑު: ޤައުމިއްޔަތާއި ސަގާފަތް ދައްކުވައިދޭ ކުޅިވަރު ފެނުނު
ޚަބަރު

ޕެރޭޑު: ޤައުމިއްޔަތާއި ސަގާފަތް ދައްކުވައިދޭ ކުޅިވަރު ފެނުނު

މމުހައްމަދު އަލީ27 ޖުލައި 2025
ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ، މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ އަސްކަރީ ޙަރަކާތްތައް ހިމެނޭ ޕެރޭޑް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ބައްލަވާލައްވައިފިއެވެ. މިއަދުގެ ޕެރޭޑްގައި ޤައުމިއްޔަތާއި ދިވެހި ސަގާފަތް ދައްކުވައިދޭ ގިނަ ސަގާފީ ކުޅިވަރުތައްވެސް ފެނިގެންދިޔައެވެ. ރައީސްގެ ދެކަނބަލުން ޕެރޭޑް ބައްލަވާލެއްވުމަށް، ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ، މިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ޣައްސާން މައުމޫން އާއި މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަޞީރު އިބްރާހީމެވެ. މިއަދުގެ ޕެރޭޑްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އިތުރުން ބޭރު ޤައުމުގެ ޢިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަސްކަރީ ޕެރޭޑް ބައްލަވާލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، ކުރީގެ ރައީސުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ރައްޔިތުންގެ މަޖިލިހުގެ ރައީސް، ވަޒީރުން، އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އަދި އާންމުންގެ ގިނަ ބަޔަކުވެސް ބައިވެރިވެރިވިއެވެ.  

ގުޅުންހުރި ޚަބަރު